މިއަހަރުގެ ފުރަތަމަ ތިން މަހު ބައިލައްކަ އާ ގާތަށް ފަތުރުވެރިން އަތުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނިއަރީން މާރިޗު މަހުގެ 24 ވަނަ ދުވަހާއި ހަމައަށް 483،624 ޓޫރިސްޓުން ވަނީ ރާއްޖެއަށް އައިސްފައެވެ.
އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް 5،794 ޓޫރިސްޓުން އަންނައިރު، މިއަހަރުގެ ބައިލައްކަ ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެއަށް އަންނާނެއެވެ.
ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. އެއީ ފައިބެއަހަރާ އަޅާބަލާއިރު، 89،420 ފަތުރުވެރިން އިތުރު އަަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެ އަންނަ ފަތުރުވެރިން 7 ނުވަތަ 8 ދުވަހު ރާއްޖޭގައި ހޭދަކުރެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިޔާއިންނެވެ. އެ ގައުމުން މިހައިތަނަށް 59،987 މީހުން ރާއްޖެ އައިސްފައިވާއިރު، ދެވަަނައަށް އެންމެ ގިނަމީހުން އައީ އިންޑިއާ އިން ނެވެ. އެއީ 52،276 މީހުންނެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުން 44،839 ޓޫރިސްޓުން، އިޓަލީން 43،267 ޓޫރިސްޓުން އަދި ޖަރުމަނުން 33،756 ޓޫރިސްޓުން މިއަހަރުގެ މިހައިތަނަށް ވަނީ ރާއްޖެ އައިސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!