Skip to main content
Topic Archive

#ސަލާގެ ކޮލަމް

238 Stories filed
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (21)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (21)

ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ އަދަދާއި ގުޅޭ: ” އަހަރެން ބޭނުމީ ހަމައެކަނި އާއިޒް.” ނުހާ ބުންޏެވެ. ” ތި ހިޔާލު ދޫކޮއްލާ. އަހަރެމެންގެ ދުވަސްވީ ރަޙްމަތްތެރިކަން ވެސް އެންމެ ފަހުން ގެއްލޭނީ. މާޔާއަށް ނުވެސް އެނގެއެއްނު ތިކަމެއް.” ލީނާ ބުންޏެވެ. ” މާޔާއަށްވުރެ ކުރިން އަހަރެން އާއިޒްދެކެ ލޯބިވީމޭ.” ނުހާ ބުނެލީ ދެރަވެލާފައެވެ. ނުހާގެ ވާހަކަ އަޑުއަހަން ހުރެ ލީނާ، ނުހާގެ ކޮނޑުގައި އަތް ޖައްސާލިއެވެ. “ޖާނޫ. ތިކަން އަހަންނަށް އެނގެޔޭ. އެކަމަކު މާޔާ، އާއިޒާއެކު […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (20)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (20)

30 އޯގަސްޓްގެ އަދަދާއި ގުޅޭ: ފަރާތްފަރާތަށް ބަލަމުން ދިޔަ މާޔާގެ ނަޒަރު ހުއްޓުނީ ފިހާރައެއްގެ ދޮރުމަތީ ހުއްޓި ހުރި އާއިޒްގެ މޫނަށެވެ. އޭނާ ހުރީ ސީދާ މާޔާއަށް ބަލަހައްޓައިގެންނެވެ. އާއިޒް ފެނުމާއެކު މާޔާގެ ހިތް ބިރުގަތެވެ. އޭނާގެ މޫނުގައިވާ ނުތަނަވަސްކަން މާޔާއަށް ދެނެގަނެވުނެވެ. އާއިޒާ ދިމާލަށް ބަލަަހައްޓައިގެން ހުއްޓާ، ވާހަކައިގަ އިން ނަޖާހު ސައިކަލް ދުއްވާލައިފިއެވެ. އޭރު ވެސް ފަސް އެނބުރި މާޔާ އިނީ އާއިޒަށް ބަލާށެވެ. މާޔާ ދެއްކި މަގުން ގޮސް، ނަޖާހު ސައިކަލް މަޑުކޮއްލީ […]

ނިޢުމަތުގެ ދަތުރު: އަހަންނަށް ދެއްވި އެންމެ ފުރިހަމަ ރިޒްޤަކީ އަހަރެންގެ ދެ ވަަނަ ކައިވެނި
Column

ނިޢުމަތުގެ ދަތުރު: އަހަންނަށް ދެއްވި އެންމެ ފުރިހަމަ ރިޒްޤަކީ އަހަރެންގެ ދެ ވަަނަ ކައިވެނި

ޝިފާ އަކީ އާއިލާގެ ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. މަންމައާއި ބައްޕަގެ ” ޕްރިންސަސް”އެވެ. ބޭބެ މެންގެ ” ބޭބީ” އެވެ. އެންމެން ވެސް  ޝިފާދެކެ އިންތިހާއަށް ލޯބިވެއެވެ. ކޫރުމެއް ވެސް ނާޅުވައި، ބިއްލޫރިކޮޅެއް ފަދައިން އެ މީހުން ޝިފާ ބޮޑުކުރީ ރިވެތި ތަރުބިއްޔަތާއެކުއެވެ. އިސްލާމީ ޒީނަތުން، ރިވެތި ސިފަތައް ޝިފާގެ ކިބައިގައި ހަރުލެއްވުނީ ވެސް  ދީނީ ކަންކަމަށް މަންމައާއި ބައްޕަ ދޭ ޚާއްސަ އަހަންމިއްޔަތަކުންނެވެ. އޭނާއަކީ ރީތި ކުއްޖެކެވެ. ރަށުގެ ފިރިހެންކުދިންގެ އުނދަގޫ ބޮޑު ކަމުން […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (19)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (19)

އޯގަސްޓް 26 ގެ އަދަދާއި ގުޅޭ: ” ގެންދާތަނުން މަންމަ އޯކޭ ނުވިއްޔާޔޯ. ” މާޔާ އެހިއެވެ. ” ދެން ނީންނާނީނު.” އާއިޒް ފަސޭހަކަމާއެކު ބުނެލިއެވެ. އެއާއެކު މާޔާ ނުހަނު ދެރަވެސް ވެއްޖެއެވެ. “އަސްލުތަ؟ މަންމަ ނޯ ބުނިއްޔާ ހަމަ ނީންނާނެ؟” މާޔާ އެހިއެވެ. ” ނޭނގެ ދެން. ކުރިއަށް ވާން ހުރި ކަންތައްތައް ނޭނގޭނެއެއްނު. އަދި އެހާ ވަރަށް ވިސްނާނެކަމެއް ނެތް. ވަރަށް ހައިވެއްޖެ. އުޅޭ ކާން ވަންނަން.” އާއިޒް ބުންޏެވެ. ގެއަށް ގޮސް ވެސް […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (18)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (18)

އޯގަސްޓް 23 ގެ އަދަދާއި ގުޅޭ: ” ތިހެން ދުރަށް ނުދައްޗޭ! ” މާޔާގެ ކަންފަތްދޮށުގައި އާއިޒް ބުނެލީ ސިއްރުސިއްރުންނެވެ. އެ ވަގުތު ލަދުން ގޮސް މާޔާއަށް އާއިޒްގެ މޭގައި މޫނު ޖައްސާލެވުނެވެ. ” އާއިޒް!” މާޔާ އާއިޒަށް މަޑުމަޑުން ގޮވާލިއެވެ. މާޔާ މާ ބޮޑަށް އާއިޒާ ގާތްވާން ފެށުމުން، އާއިޒް އަވަސް އަވަހަށް މާޔާ ދުރުކޮއްލިއެވެ. މޫނު އުފުލައިލަމުން މާޔާ އާއިޒްގެ މޫނަށް ބަލައިލި އިރު، އޭނާ ހުރީ މަގުމައްޗާ ދިމާލަށް ބަލަހައްޓައިގެންނެވެ. ” މީހަކަށް […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (17)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (17)

19 އޯގަސްޓްގެ އަދަދާއި ގުޅޭ: ” އާއިޒޭ؟” ތުރުތުރުއަޅާ އަޑަކުން ނުހާއަށް ސުވާލު ކުރެވުނެވެ. ” އާނ! އާއިޒް. ހަނދާންވެއްޖެ ދޯ؟ ކަލޭމެން ރީތި ވެގެން އުޅުނީމެއްނު. ” މާޔާ އަނެއްކާ ވެސް އިތުރު ކޮއްލިއެވެ. ލީނާ އަވަސް އަވަހަށް ނުހާގެ އަތުން ފޯނު އަތުލައިފިއެވެ. ” އާނ އެނގިއްޖެ.” ލީނާ އެހެން ބުނި އިރު ވެސް އޭނާގެ ލޯ އަމާޒުވެފައި ހުރީ ނުހާގެ މޫނަށެވެ. ” ކި…ކިހިނެއް ތިކަން ވީ؟” ނުހާ އެހިއެވެ. ” އެއީ […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (16)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (16)

އޯގަސްޓް 16 ވަނަ ދުވަހުގެ އަދަދާއި ގުޅޭ: ” ހަމަ ރަނގަޅު ވާހަކައެއްތަ ތި ދައްކަނީ. ޔަޤީނޭ އަހަރެންގެ ގޮތް ބަލަންކަން ތި އުޅެނީ؟” މާޔާ ސަމާސާ ރާގާކަށް ބުނެލިއެވެ. ” އަހަންނަށް އިތުބާރު ކޮއްފަ އިނގޭ ބައްޕަގެ ނަންބަރު ދޭން ވާނީ.” އާއިޒް ބުނެލިއެވެ. ” އެހާ އަވަހަށް މެރީ ކުރަން ބޭނުންވާނެ ކަމަށް އަހަރެން ހިއެއް ވެސް ނުކުރަން. އަހަރެމެންގެ ގުޅުން އަދިކިރިޔާ މި ފެށުނީ. މެރީ ކުރާ ފަހުން އާއިޒަށް އަހަރެން ކަމު […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (15)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (15)

12 އޯގަސްޓްގެ އަދަދާއިގުޅޭ: ” އާނ! ހޯދާ.” އާއިޒް ބުންޏެވެ. އޭނާގެ ހުއްދަ ލިބުމުން ޖަމީލާގެ ހިތަށް ބޮޑު އުފާވެރިކަމެއް ވެރިވިއެވެ. ހެވިފައި އިން މަންމަގެ މޫނަށް ބަލައިލަމުން އާއިޒް ހީލިއެވެ. މަންމަ އެ އިނީ ވަރަށް އުފާވެފައިކަން އާއިޒަށް އެ ވަގުތު ދެނެގަނެވުނެވެ. ” ދޮންތަ ކައިރީ ބުނާނަން އާއިޒް ތިހެން ބުނި ވާހަކަ.” ޖަމީލާ ބުންޏެވެ. ” އުނހު. ބުނާނެ ކަމެއް ނެތް. އަހަރެން މިހާރު ކުއްޖަކު ހޯދައިފިން.” އާއިޒް ބުނެލީ ފަސޭހަކަމާއެކުއެވެ. ” […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (14)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (14)

9 އޯގަސްޓްގެ އަދަދާއި ގުޅޭ: ” ލޯބިވަނީތަ އަހަރެންދެކެ؟” މާޔާގެ ސުވާލުން އާއިޒަށް ސިހުން ލިބުނެވެ. އެހާ ސީދާކޮށް މާޔާ އެ ސުވާލު ކުރާނެ ކަމަށް އާއިޒް ހިތަކަށް ވެސް ނާރައެވެ. ދޭނެ ޖަވާބެއް ނޭނގިފައި އާއިޒަށް އިނދެވުނީ މާޔާގެ މޫނަށް ބަލާށެވެ. ” އަހަރެން މަތިން މިސްވާން ޖެހޭ ސަބަބެއް އޮންނާނެ އެއްނު.” އަނެއްކާ ވެސް މާޔާ ބުންޏެވެ. ހިތަށް އަރާ އެއްޗެހި ފަސޭހައިން ދުލުން ބޭރުކޮއްލަން މާޔާ ޖެހިލުމެއް ނުވެއެވެ. އަނެކާ ކޮންމެ އެއްޗެއް […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (13)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (13)

” އެ ކީއްވެ އެހެން ހީވަނީ؟” ކެތްމަދުވެފައި އިނދެ އާއިޒް ސުވާލު ކުރިއެވެ. ” އޭނަ އުޅެނީ އަހަރެމެންގެ ޑިޕާޓްމަންޓްގަ. އިރުއިރުކޮޅުން ބޮސް ގުޅައިގެން ބޮސްގެ ރޫމަށް ގެންދާނެ. މީޓިންގައި ވެސް ބޮސްގެ ކަޅި ހުންނަނީ އަބަދު މާޔާއަށް. މަގޭ ވެސް ހިތުލައިގެން އުޅޭ ކަމެއް ވީމަ އެހާ ވަރަށް ބެލެނީ.” ނަޖާހު ބުންޏެވެ. ނަޖާހު އެހެން ބުނުމުން އާއިޒަށް އުނދަގޫވާން ފެށިއެވެ. ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ވީހާ ވެސް އަވަހަކަށް މާޔާއާ ބައްދަލްވެލަން ހިތް އެދެން […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (12)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (12)

2 އޯގަސްޓްގެ އަދަދާއި ގުޅޭ: ” އަހަރެން މާޔާއަށް ދައްކާނީ ކޮން މޫނެއް؟” ލީނާއަށް މަޑުމަޑުން ބުނެވުނެވެ. ޖެހިގެން އައި ދުވަހެވެ. މާޒިން އޮތީ ޖޯލިފަތީގައެވެ. އޭނާގެ މޫނުމަތީގައިވަނީ ފުސްކަމެވެ. ފޫހިކަމެވެ. ވަރުބަލިކަމެވެ. އެއް އަތުގައި ހުރި ކަޅު ކޮފީ ޖޯޑު ހިހޫ ވި އިރު ވެސް އޭނާއަކަށް ނޭނގުނެވެ. ” އަދިވެސް ނުނިމޭތަ؟” ފިރާޝާ ބުންޏެވެ. ފަހަތުން އައިސް މާޒިންއާ ޖެހިގެން ހުރި ޖޯލީގައި ފިރާޝާ އިށީނެވެ. ” އަޅެ އިރެއް ވެއްޖެ. އަދިވެސް ކޮފީގަ؟” […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (11)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (11)

29 ޖުލައިގެ އަދަދާއި ގުޅޭ: މަންމަގެ ޖުމްލަތަކުން އާއިޒްގެ ދެ ލޮލަށް ކަރުނަ ޖަމާވިއެވެ. ހިތުގައި ޖެހި ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ދުވަހަކު ވެސް މަންމަ ދެރަކޮއްފައިނުވާއިރު، މިއަދު އޭނާއަށް މަންމަ ހިތުގައި ޖެއްސިއްޖެކަން އިހްސާސް ކުރެވުނެވެ. މަންމައަށް ގޮވަން ދާން ބޭނުން ވެގެން ކުރިއަށް ފިޔަވަޅެއް އެޅުމަށްފަހު ވެސް އޭނާ ހުއްޓުނީ ބޭކާރު ކަމަކަށް ވާނެތީއެވެ. ޔަޤީނެވެ. މަންމައަށް ގޮވަން އޭނާ ދާނެޔޭ ޚުދު މަންމަ ވެސް ހީ ކުރާނެއެވެ. ނަމަވެސް އާއިޒް މިސްރާބު ޖެހީ […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (10)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (10)

19 ޖުލައިގެ އަދަދާއި ގުޅޭ: އާއިޒް ސިޓިންރޫމަށް ނިކުތް އިރު އޭނާގެ މަންމަ އުޅެނީ ކޮޓަރީގައެވެ. އަވަސް އަވަހަށް އޭނާ ގެއިން ނިކުމެގެން ބާރުބާރަށް ހިނގައިގަތީ ގޭގައި ހުންނަން ބޭނުން ނުވާތީއެވެ. ހިތާ ދެކޮޅަށް އެއްވެސް ނިންމުމެއް އޭނާއަކަށް ނުނިންމޭނެއެވެ. އެއީ ފަހަރެއްގައި ވެސް އޭނާ ކުރާނެ ކަމެއް ނޫނެވެ. އިސްޖަހާލައިގެން ހުރެ، ޖީބަށް އަތް ޖަހާލައިގެން އާއިޒް ދުވާރުމަތިން ހިނގަމުން ދިޔައިރު ވެސް އޭނާގެ ހިތުގައި އުފެދެމުންދާ ތޫފާނަކަށް ބަދަލެއް ނާދެއެވެ. މަންޒިލެއް ނެތި، ދެވޭ […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (9)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (9)

13 ޖުލައިގެ އަދަދާއި ގުޅޭ: ” އަވަސް.” ދޮރާހަމައަށް މާޔާއަށް ނުދެވެނީސް ދޮރުގެ ތަޅުގައި ހިފަމުން އާއިޒް އަނެއްކާ ވެސް ގޮވާލިއެވެ. ” ކި…ކިހިނެއްވީ؟ ” ހާސްވެފައި މާޔާއަށް ސުވާލު ކުރެވުނު އިރު އާއިޒް ބާރުބާރަށް އެތެރެއަށް ދެމިގެންފިއެވެ. ދޮރު ލެއްޕުމަށްފަހު ދޮރުފަތުގައި ލެނގިލި އިރު ވެސް އޭނާ ހުރީ ބިރުންކަން މާޔާއަށް އެނގުނެވެ. ” ކިހިނެއްވީ؟” އަނެއްކާ ވެސް މާޔާ އެހިއެވެ. ” އެއީ… ކުރަތްޕެއް… އުދުހޭ ކުރަތްޕެއް. ” އާއިޒް ބުންޏެވެ. އެއާއެކު މާޔާއަށް […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (8)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (8)

8 ޖުލައިގެ އަދަދާއި ގުޅޭ: އަތުގައި އަޅުވާފައި އޮތް ރަބަރުން އޭނާ އަވަށް އަވަހަށް ބޯ އައްސާލިއެވެ. އަދި ސިއްރުސިއްރުން އާއިޒްއަށް ބަލައިލިއެވެ. އަނދިރީގެ ތެރެއިން އޭނާއަށް އެ މޫނުމަތިން އެެއްވެސް އެއްޗެއް ނުފެނުނެވެ. އެހެންކަމުން މާޔާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ. ނަމަވެސް އާއިޒާ އެހާ ގާތުގައި އިންނަން ޖެހުމުން އޭނާއަށް އާދަޔާ ޚިލާފް އަސަރުތަކެއް ކުރާކަން ޚުދު އޭނާއަށް ވެސް އެނގެއެވެ. މަޑު ދުވެއްޔެއްގައި ލޯންޗް ކަނޑަށް ނިކުމެއްޖެއެވެ. އާއިލީ ހަމަނުޖެހުމުގެ ސަބަބުން […]