Skip to main content
Topic Archive

#ދިވެހި ބަހުގެ އެކަޑަމީ

16 Stories filed
ދިވެހިބަހުގެ ރަދީފަށް ބޮޑު ބަދަލެއް: އައު ފަސޭހަތަކާއެކު އައު އިސްދާރު ނެރެފި
Raajje

ދިވެހިބަހުގެ ރަދީފަށް ބޮޑު ބަދަލެއް: އައު ފަސޭހަތަކާއެކު އައު އިސްދާރު ނެރެފި

ރަދީފުން ބަސް ހޯދުމާއި ބަހުގެ އެކި މަޢުލޫމާތުތައް ދެނެގަނެވޭނެ ގިނަ ލުއިފަސޭހަތަކާއި އައު ސިފަތަކާއެކު، ދިވެހިބަހުގެ ރަދީފުގެ އައު އިސްދާރު ދިވެހިބަހުގެ އެކެޑަމީން ނެރެފިއެވެ. ފަންނިއްޔާތުގެ އެހީގައި ދިވެހިބަސް ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި ނެރުނު މި އައު އިސްދާރުގެ އެޕްލިކޭޝަނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި އިސްދާރުން ލިބިގެންދާ އެންމެ ބޮޑު އެއް ފަސޭހައަކީ ކޮންމެ އަކުރެއްގެ ރަދީފު ވަކިވަކިން ބަލައިލެވުމާއި، ހުރިހާ ލަފުޒެއްގެ މާނަތައް އެއް ލިސްޓަކުން ފެންނަން ހުރުމެވެ. މީގެ އ...

އަތުލިޔުމުގެ ފުރަތަމަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި
Raajje

އަތުލިޔުމުގެ ފުރަތަމަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ޢަލީ ފަހުމީގެ ވާދައިގެ ތަށްޓަށް ބާއްވާ އަތުލިޔުމުގެ ފުރަތަމަ ގައުމީ މުބާރާތް – 2026ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. ދިވެހިބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ބެހިފައިވަނީ ދެ ގިންތިއަށެވެ. އެއީ އޮފީސްތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައެވެ. އޮފީސްތަކުގެ ބައިގައި ވުޒާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އަމިއްލަ އޮފީސްތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށް ދިވެހިބަހުގެ އެކަޑަމީން މައުލޫމާތުދ...

ދިވެހިބަހުގެ އެކަޑެމީގެ ރައީސްކަމުގެ މަގާމަށް ޙަސަން ޝާކިރު
Raajje

ދިވެހިބަހުގެ އެކަޑެމީގެ ރައީސްކަމުގެ މަގާމަށް ޙަސަން ޝާކިރު

ދިވެހިބަހުގެ އެކަޑެމީގެ ރައީސްކަމުގެ މަގާމަށް، ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ އަދި ލިޔުންތެރިޔާ ހ. ހުދުފިނިފެންމާގޭ ޙަސަން ޝާކިރު މުޙައްމަދު އިންތިޚާބުކޮށްފިއެވެ. ޝާކިރު މި މަގާމަށް ހޮއްވެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި އެކަޑެމީގެ މެންބަރުންގެ ބައްދަލުވުމުގައި ނެގުނު ސިއްރު ވޯޓަކުންނެވެ. މި ވޯޓުގައި އެކަޑެމީގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ އިއްތިފާގުން ޝާކިރަށް ވަނީ ވޯޓު ލިބިވަޑައިގެންފައެވެ. އެކަޑެމީގެ މިހާރުގެ ބޯޑު އެކުލެވިގެންވަނީ ރައީސް ޙަސ...

ބާރަށުގެ އިދާރާތަކުގެ މުވައްޒަފުންނަށް ދިވެހި ބަހުގެ ތަމްރީނެއް ހިންގައިފި
Thiladhunmathi News

ބާރަށުގެ އިދާރާތަކުގެ މުވައްޒަފުންނަށް ދިވެހި ބަހުގެ ތަމްރީނެއް ހިންގައިފި

ހއ. ބާރަށު އިދާރާތަކުގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ދިވެހި ބަހުގެ ތަމްރީނު ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ބާރަށު ކައުންސިލާއި ދިވެހި ބަހުގެ އެކެޑެމީ ގުޅިގެން ގެންދިޔަ މި ދެ ދުވަހުގެ ޕްރޮގްރާމަކީ، ބާރަށު ކައުންސިިލު މުވައްޒަފުންނާއި އެ ރަށު މުވައްސަސާތަކުގެ މުވައްޒަފުންނަށް އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ. މިގޮތުން މި ޕްރޮގްރާމުގައި މުވައްޒަފުންނަށް ވަނީ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމަށް ދަސްކޮށްދެވިފައެވެ. މީގެ ތެރޭގައި ދިވެހި ބަހުގެ ދަރަޖ...

160 ލަފްޒެއް ދިވެހިކޮށްފި
Raajje

160 ލަފްޒެއް ދިވެހިކޮށްފި

ދިވެހިބަހުގެ އެކަޑަމީގެ ބަސް ކޮމިޓީން ދިވެހީންގެ މެދުގައި މިހާރު އާންމު ގޮތެއްގައި ބޭނުންކޮށް އުޅޭ 160 ލަފްޒެއް “ދިވެހިކޮށް” ފާސްކޮށްފިއެވެ. މި ލަފްޒުތަކަކީ މިދިޔަ އަހަރާއި 2023 ވަނަ އަހަރު އެ ކޮމިޓީއިން އުފައްދާފައިވާ ބަސްތަކެކެވެ. ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމްގެ ބެއްލެވުމުގެ ދަށުން މި އާ ލަފްޒުތައް ފާސްކޮށްފައިވާއިރު، ދިވެހި ބަހުގެ ތެރެއަށް އަލަށް ވައްދާ ލަފުޒުތަކާއި އޭގެ މާނަ ކަނޑައަޅަނީ އެކެޑެމީގައި އޮންނަ ބަސް ކޮމިޓީއިންނެވެ. އިއްޔެ އާންމުކުރެވުނު މި ލަފްޒުތަކުގ...

ދިވެހި ބަހަށް އިސްކަންދޭކަން ޢަމަލާއި ބަހުން ދައްކައިދިނުމަށް އެދި އިލްތިމާސެއް
Raajje

ދިވެހި ބަހަށް އިސްކަންދޭކަން ޢަމަލާއި ބަހުން ދައްކައިދިނުމަށް އެދި އިލްތިމާސެއް

ދިވެހި ބަހަށް އިސްކަންދޭ ކަން ޤާނޫނުގައި ލިޔެފައި އޮތުމުގެ އިތުރުން އެކަން ޢަމަލާއި ބަހުން ދައްކައި ދިނުމަށް އެދި ދިވެހި ބަހުގެ އެކަޑަމީން އިލްތިމާސް ކުރައްވައިފިއެވެ. މިއަދު ފާހަގަކުރާ ދިވެހި ބަހުގެ ދުވަހާއި ގުޅިގެން އެ އެކަޑަމީން އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، މިފަދަ ދުވަހެއް ދިވެހިރާއްޖޭގައި ފާހަގަ ކުރާއިރު ދިވެހި ބަހުގެ އެކަޑަމީގެ އިލްތިމާސެއް އެބައޮތް ކަމަށެވެ. މިގޮތުން މި ޤައުމުގައި ދިވެހި ބަހަށް އިސްކަންދޭން ޖެހޭކަމަށް ޤާނޫނުގެ ކަރުދާހުގައި ލިޔެފައި އޮތުމުގެ އިތުރުން ދިވެހ...

ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތް ފަށައިފި
Raajje

ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތް ފަށައިފި

ދިވެހި ޚިދުމަތްތެރި އަދީބު، އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތް ރޭ ފަށައިފިއެވެ. މި މުބާރާތަކީ ދިވެހިބަހުގެ އެކަޑަމީގެ 2023ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ހިމަނައިގެން އެ އެކަޑަމީން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅަދާނަ ވާހަކަދެއްކުންތެރިޔާ މަރްޔަމް މިދްފާ ނަޢީމް އެވެ. ދިވެހިބަހުގެ އެކަޑަމީން ވިދާޅުވިގޮތުގައި، މި މުބާރާތުގައި މުޅި ރާއްޖެއިން 32 އިސްކޫލަކުންނާއި އަމިއްލަ ފަރާތްތަކު...

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Raajje

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިބަހުގެ އެކެޑަމީން ހުޅުވާލައިފި އެވެ. އެ އެކެޑަމީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ “އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތް” ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. މި މުބާރާތް އޮންނާނީ އަންނަ ފެބުރުވަރީ 12އިން ފެށިގެންނެވެ. މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތ...

"މަކުނު ވިދުރި"، މަންކީޕޮކްސް އަށް ދިވެހި ނަމެއް
Raajje

"މަކުނު ވިދުރި"، މަންކީޕޮކްސް އަށް ދިވެހި ނަމެއް

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްއަށް ކިޔާ ދިވެހި ނަމަކީ “މަކުނު ވިދުރި” ކަމުގައި ދިވެހި ބަހުގެ އެކަޑަމީއިން ހާމަކުރައްވައިފިއެވެ. ދިވެހި ބަހުގެ އެކަޑަމީއިން މީޑިއާތަކަށް ފޮނުއްވި އެންގުމެއްގައިވަނީ މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްއަށް ދިވެހިބަހުން ބޭނުންކުރާނީ މަކުނު ވިދުރިކަމަށެވެ. އެހެންކަމުން މިބައްޔާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މިނަން ބޭނުންކުރުމަށް ދިވެހިބަހުގެ އެކެޑަމީންވަނީ ދިވެހި މީޑިޔާތަކުގެ ކިބައިން އެދި ވަޑައިގެންފައެވެ. މަންކީޕޮކްސް ނުވަތަ މަކުނު ވިދު...

ބޮޑެތި ބަދަލުތަކަކާއެކު "ދިވެހި ބަހުގެ ރަދީފު" ލޯންޗްކޮށްފި
Raajje

ބޮޑެތި ބަދަލުތަކަކާއެކު "ދިވެހި ބަހުގެ ރަދީފު" ލޯންޗްކޮށްފި

ބޮޑެތި ބަދަލުތައް ގެނެސް އައު އިސްލާހް ތަކާއެކު ދިވެހި ބަހުގެ އެކަޑަމީން، ދިވެހި ބަހުގެ ރަދީފްގެ އައު އެޕެއް މިރޭ ލޯންޗްކޮށްފިއެވެ. މި އެޕް ލޯންޗްކޮށްފައި ވަނީ މިރޭ ކުރިއަށް ދިޔަ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތް ފެށުމާއި، ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ރަސްމީ ޖަލްސާގައެވެ. މި އެޕް ލޯންޗްކޮށް ދެއްވީ، ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫނެވެ. މި އެޕްގައި ރަދީފުގެ ތަޢާރަފުގައި ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވެފައިވާ ގޮތުގައި މިއީ […]

ބައެއް އިސްލާހްތަކާއެކު "ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން" ފޮތުގެ ހަތަރު ވަނަ ޗާޕު މާދަމާއިން ފެށިގެން ގަންނަން ލިބޭނެ
Raajje

ބައެއް އިސްލާހްތަކާއެކު "ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން" ފޮތުގެ ހަތަރު ވަނަ ޗާޕު މާދަމާއިން ފެށިގެން ގަންނަން ލިބޭނެ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ ފަސްޓްލޭޑީ ނަސީމާ މުހައްމަދު ލިޔުއްވާފައިވާ ”ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން”ގެ ފޮތުގެ 4 ވަނަ ޗާޕު މާދަމާއިން ފެށިގެން ދިވެހި ބަހުގެ އެކަޑަމީން ގަންނަން ލިބެންހުންނާނެ ކަމަށް އެ އެކަޑަމީން ބުނެފިއެވެ. މާދަމާއިން ފެށިގެން މި ފޮތް ވިއްކަނީ އެ ފޮތަށް ބައެއް އިސްލާޙްތައް ގެނައުމަށް ފަހުގައެވެ. ދިވެހިވަހުގެ އެކަޑަމީން ބުނީން މާދަމާއިން ފެށިގެން މި ފޮތް އެ އެކަޑަމީން ގަންނަން ލިބެން ހުންނާނެ ކަމަށެވެ. ރާއްޖޭގެ ސިއްހީ ދާއިރާއަށާއި […]

"ދިވެހިބަހަށް ޤަދަރުކޮށް، އިޚްލާޞްތެރިވުމަކީ ޢަމަލުން އެކަން ސާބިތުކޮށްދިނުން"
Raajje

"ދިވެހިބަހަށް ޤަދަރުކޮށް، އިޚްލާޞްތެރިވުމަކީ ޢަމަލުން އެކަން ސާބިތުކޮށްދިނުން"

ދިވެހިބަހަށް ޤަދަރުކޮށް، އިޚްލާޞްތެރިވުމަކީ ޢަމަލުން އެކަން ސާބިތުކޮށްދިނުން ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ އަޝްރަފް ޢަބުދުއްރަޙީމް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހާއި ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ފޮނުއްވި ޚިޠާބެއްގައި ވިދާޅުވީ، ދިވެހިބަހަކީ ބަހަކަށް ލިބިދޭންޖެހޭ އެންމެހައި ސިފަތައް ލިބިފައިވާ ރީތި ބަހެއް ކަމަށެވެ. އަދި ބަހެއްގައި ހުންނާންޖެހޭނޭ ކަމަށް ބަހުގެ ޢިލްމުވެރިން ފާހަގަކުރައްވާ އެންމެ ފުރިހަމަ ސިފަތައް ލިބިފައިވާ ބަހެއް...

ދިވެހި ބަހުގެ އެކަޑަމީ "ޓިކްޓޮކް"އަށް، ހާއްސަ އެޕެއްވެސް އިފްތިތާޙްކޮށްފި
Raajje

ދިވެހި ބަހުގެ އެކަޑަމީ "ޓިކްޓޮކް"އަށް، ހާއްސަ އެޕެއްވެސް އިފްތިތާޙްކޮށްފި

މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ދިވެހި ބަހުގެ އެކެޑެމީގެ ރަސްމީ ޓިކްޓޮކް އެކައުންޓް އިފްތިތާހްކޮށް، ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުމަށް އެ އެކަޑަމީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާއްސަ އެޕެއް ވެސް އިފްތިތާޙް ކޮށްފިއެވެ. މިގޮތުން ދިވެހިބަހުގެ އެކެޑެމީގެ ރަސްމީ ޓިކްޓޮކް އެކައުންޓް އިފްތިތާހު ކޮއްދެއްވީ އެ އެކެޑެމީގެ ރައީސް އަޝްރަފް ޢަލީ އެވެ. ދިވެހިބަހުގެ އެކެޑެމީން ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިއަ...

ރާއްޖެއަށް އަމިއްލަ ބަހަކާއި އަކުރެއް ލިބިފައި އޮތުމަކީ ބޮޑު ނަސީބެއް: ޔުމްނާ
Raajje

ރާއްޖެއަށް އަމިއްލަ ބަހަކާއި އަކުރެއް ލިބިފައި އޮތުމަކީ ބޮޑު ނަސީބެއް: ޔުމްނާ

ރާއްޖެ ފަދަ ކުޑަ ގައުމަކަށް އަމިއްލަ ބަހަކާއި އަކުރެއް ލިބިފައި އޮތުމަކީ ބޮޑު ނަސީބެއް ކަމަށް، ފަންނާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. މިނިސްޓަރު ޔުމްނާ ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ނިސްބަތުން ކުޑަ އާބާދީއެއް އޮތް، ކުޑަ ޤައުމަކަށް އަމިއްލަ ބަހަކާއި އަކުރެއް ލިބިފައިވުމީ ނުހަނު ބޮޑު ނަސީބެއް ކަމަށެވެ. ”އަންނާން އޮތް ޖީލުތަކަށް މި […]

އަދަބީ 2 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Raajje

އަދަބީ 2 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހި ބަހުގެ އެކަޑަމީގެ 2021ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ ދެ މުބާރެއްތައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ދެ މުބާރާތަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 32ވަނަ ޤައުމީ މުބާރާތެވެ. ދިވެހި ބަހުގެ އެކަޑަމީން ބުނީ، މި އަހަރު ވެސް މި ދެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަތުން ނޫނީ ކޮންޕިއުޓަރުން […]