ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްއަށް ކިޔާ ދިވެހި ނަމަކީ "މަކުނު ވިދުރި" ކަމުގައި ދިވެހި ބަހުގެ އެކަޑަމީއިން ހާމަކުރައްވައިފިއެވެ.
ދިވެހި ބަހުގެ އެކަޑަމީއިން މީޑިއާތަކަށް ފޮނުއްވި އެންގުމެއްގައިވަނީ މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްއަށް ދިވެހިބަހުން ބޭނުންކުރާނީ މަކުނު ވިދުރިކަމަށެވެ.
އެހެންކަމުން މިބައްޔާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މިނަން ބޭނުންކުރުމަށް ދިވެހިބަހުގެ އެކެޑަމީންވަނީ ދިވެހި މީޑިޔާތަކުގެ ކިބައިން އެދި ވަޑައިގެންފައެވެ.
މަންކީޕޮކްސް ނުވަތަ މަކުނު ވިދުރިއަކީ ކަށިވިދުރި ވައިރަހުގެ ޢާއިލާއަށް ނިސްބަތްވާ ވައިރަހަކުން ފެތުރެމުންދާ ބައްޔެކެވެ. މިހާތަނަށް ދުނިޔޭގެ ތިން ބައްރަކުން މަކުނުވިދުރި ފެނިފައިވާއިރު މި ބަލި އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައިވަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ.
ޢާއްމުކޮށް ރާއްޖެއަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން އަންނަ ބައެއް ޤައުމުތަކުގައި މިބަލި ފެތުރެމުން އަންނައިރު ރާއްޖެއަށްވެސް މަކުނުވިދުރި އައުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!