ހއ. ބާރަށު އިދާރާތަކުގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ދިވެހި ބަހުގެ ތަމްރީނު ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ބާރަށު ކައުންސިލާއި ދިވެހި ބަހުގެ އެކެޑެމީ ގުޅިގެން ގެންދިޔަ މި ދެ ދުވަހުގެ ޕްރޮގްރާމަކީ، ބާރަށު ކައުންސިިލު މުވައްޒަފުންނާއި އެ ރަށު މުވައްސަސާތަކުގެ މުވައްޒަފުންނަށް އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

Ad
rt

މިގޮތުން މި ޕްރޮގްރާމުގައި މުވައްޒަފުންނަށް ވަނީ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމަށް ދަސްކޮށްދެވިފައެވެ.

މީގެ ތެރޭގައި ދިވެހި ބަހުގެ ދަރަޖަތަކާއި، ދިވެހިބަހުގެ ގަވާއިދާއި، އިބާރާތުން ލިޔާނެ ގޮތާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތްކުރާނެ ގޮތާއި ދިވެހި ބަހުން ރީތިކޮށް މުއާމަލާތު ކުރާނެ ގޮތްތައް ވަނީ މި ތަމްރީނުގައި ކުރިއަށްގެންގޮސްފައެވެ.

އިދާރީ މުވައްޒަފުންނަށް ބޭނުންތެރި މި ތަމްރީނު ޕްރޮގްރާމުގެ ސެޝަންތައް ނަންގަވައިދެއްވާފައިވަނީ ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން ޑިރެކްޓަރ ޝަހުމާ ޢަލީ އާއި ލިންގްސްޓިކް ރިސަރޗް އޮފިސަރ ޢާއިޝަތު ޒިދުނާ އެވެ.

މީގެ އިތުރުން މި ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި، މި ޕްރޮގްރާމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ވެސް ހަވާލުކޮށްފައިވެއެވެ.