ދިވެހިބަހުގެ އެކަޑަމީގެ ބަސް ކޮމިޓީން ދިވެހީންގެ މެދުގައި މިހާރު އާންމު ގޮތެއްގައި ބޭނުންކޮށް އުޅޭ 160 ލަފްޒެއް "ދިވެހިކޮށް" ފާސްކޮށްފިއެވެ.
މި ލަފްޒުތަކަކީ މިދިޔަ އަހަރާއި 2023 ވަނަ އަހަރު އެ ކޮމިޓީއިން އުފައްދާފައިވާ ބަސްތަކެކެވެ.
ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމްގެ ބެއްލެވުމުގެ ދަށުން މި އާ ލަފްޒުތައް ފާސްކޮށްފައިވާއިރު، ދިވެހި ބަހުގެ ތެރެއަށް އަލަށް ވައްދާ ލަފުޒުތަކާއި އޭގެ މާނަ ކަނޑައަޅަނީ އެކެޑެމީގައި އޮންނަ ބަސް ކޮމިޓީއިންނެވެ.
އިއްޔެ އާންމުކުރެވުނު މި ލަފްޒުތަކުގެ މާނަ ދިވެހިބަހުގެ އެކަޑަމީގެ ވެބްސައިޓުން ބަލައިލެވެއެވެ.
އަަލަށް އުފަންކުރި ލަފުޒުތަކުގެ ތެރެއިން ބައެއް ލަފްޒުތަކަށް ބަލާއިރު، އިނގިރޭސިބަހުން ބޭނުންކުރާ ''އެޕް'' އަށް ދީފައިވާ ދިވެހި ލަފުޒަކީ ''އެޕު'' އެވެ. ''ސްޓައިލް'' އަަށް ދީފައިވާ ދިވެހި ލަފުޒަކީ ''އުސްލޫބު'' އެވެ. ''ލެބް'' އަށް ދީފައިވާ ދިވެހި ލަފުޒަކީ ''ލެބު'' އެވެ. ''ކޮންޓެސްޓް'' އަށް ދީފައިވާ ދިވެހި ލަފުޒަކީ ''ސިޔާގު'' އެވެ.
އެހެން ބައެއް ލަފުޒުތައް
- އޮބްޒާވަރ - މުރާގިބު
- ބަޔޯޑައިވާސިޓީ - ހަޔަވީ ސިންދާފަތު
- ރެސިޕީ - ރަހަފަތް
- ވިސަލްބްލޯވިންގ - ފާށާ
- ވިސަލްބްލޯވަރ - ފާށާކުރުން
- ޕޮލިއުޝަން - ވިސަޑު
- ފްރޮންޓް ޑެސްކު - މަގަތު މޭޒު
- ޓޮލަރެންސް - ސަމާހަތް
- ފުޑްކޯޓު - ކާނާވެނި
- ކެންޑިޑޭޓް - ފުރަދާރު
- މޮޕް - މޮޕު
- ސީޕްލޭން - ކަނދު ބޯޓު
- އެފިސިއެންޓް - ސަމަކާރީ
- ކަވަރޭޖު - ތައުސީލު
- ޕޭމަންޓް - އަދާގު
- ކެމިކަލް - ކީމި
މީގެ އިތުރުން، އިނގިރޭސި ލަފުޒު ''ޓައިމްލައިން'' ގެ ދިވެހި ލަފުޒަކަށް ''ވަގުތުރޮނގު، އިނގިރޭސި ލަފުޒު ''ލެޓިއުސް'' ގެ ދިވެހި ލަފުޒަކަށް ''ސަލާދުފަތް'' އަދި އިނގިރޭސި ލަފުޒު ގެސްޓްހައުސް - ދިވެހި ލަފުޒަކަށް ''ފަތުރުވެހި'' ފަދަ ލަފުޒުތައް ވަނީ ހަދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!