ދިވެހި ޚިދުމަތްތެރި އަދީބު، އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތް ރޭ ފަށައިފިއެވެ.

މި މުބާރާތަކީ ދިވެހިބަހުގެ އެކަޑަމީގެ 2023ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ހިމަނައިގެން އެ އެކަޑަމީން ކުރިއަށް ގެންދާ މުބާރާތެކެވެ.

Ad
rt

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅަދާނަ ވާހަކަދެއްކުންތެރިޔާ މަރްޔަމް މިދްފާ ނަޢީމް އެވެ.

ދިވެހިބަހުގެ އެކަޑަމީން ވިދާޅުވިގޮތުގައި، މި މުބާރާތުގައި މުޅި ރާއްޖެއިން 32 އިސްކޫލަކުންނާއި އަމިއްލަ ފަރާތްތަކުންނާއި އޮފީސް ކުލަބު، ޖަމިޢިއްޔާ ޖަމާޢަތްތަކުން މުލި ޖުމުލަ 400 އަށް ވުރެ ގިނަ ބައިވެރީން ވަނީ ބައިވެފައެވެ.

މި މުބާރާތުގެ ބައިވެރީންގެ ވާހަކަދެއްކުން ފެށުމަށް ހަމަޖެހިފައިވަނީ 12 ފެބުރުވަރީ ހަވީރު 4:00ގައި ސަލްމާނު މިސްކިތުގެ އޮޑިޓޯރިއަމްގައި ކަމަށް ވެސް ދިވެހިބަހުގެ އެކަޑަމީން ވިދާޅުވެފަވެއެވެ.

މި މުބާރާތް 4 ބަޔަކަށް ބަހާލާފައިވާއިރު އެ ބައިތަކަކީ،

  • އިސްކޫލުތަކުގެ ބައި ( ދަށު ސާނަވީ ގިންތި، ސާނަވީ ގިންތި، މަތީ ސާނަވީ ގިންތި)

- ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3)، ސާނަވީ ގިންތި (ކީ ސްޓޭޖް 4)، މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5)

  • މަތީ ތަޢުލީމުގެ ބައި (ޔުނިވަރސިޓީ /ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީ)
  • އަމިއްލަފަރާތްތަކުގެ ބައި (18 އަހަރުން ދަށުގެ އުމުރުފުރާ/ 18 އަހަރުން މަތީގެ އުމުރުފުރާ)
  • އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި

މި މުބާރާތުގައި މަތީ ތަޢުލީމުގެ ބަޔާއި އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބަޔަށް އޮންނާނީ ބަހުސެވެ.