ބަރަހަނާ ވީޑިއޯތަކުގެ ހަގީގަތެއް ނެތް، އަބުރު ކަތިލުމުން ގާނޫނީ ފިޔަވަޅު އަޅަން މިދަނީ ތައްޔާރުވަމުން: މަދަދާ
ސަންގު ޓީވީގެ ކުރީގެ ނޫސްވެރިޔާ ފާތިމަތު މަދަދާގެ ބަރަހަނާ ވީޑިއޯތަކެއް ލީކުވެގެން އުޅޭ ކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުގައި ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެ، އެ ވާހަކަތައް ޝާއިއުކުރި މީޑިއާތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރުވަމުންދާ ކަމަށް އޭނާ ބުނެފިއެވެ. މަދަދާ މިކަން ހާމަކޮށްފައިވަނީ އޭނާގެ އަބުރު ކަތިލުމުގެ ގޮތުން ފަތުރަމުންދާ ޚަބަރުތައް ދޮގުކޮށް ނެރުނު ނޫސްބަޔާނެއްގައެވެ. މަދަދާ ނެރުނު ބަޔާނުގައި ބުނެފައިވަނީ، “ނޫސްވެރިޔާ މަދަ...