ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރީގެ ޝަރަފް ރީޝް އަށް
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރީގެ ޝަރަފް، ދިއްދޫ/ ވައްޓަރު ޢާއިޝަތު ރީޝް ނަސީމް ހޯދައިފިއެވެ. “ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” އަކީ ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން އެ އަތޮޅު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. މި މުބާރާތުގެ ގްރޭން ފިނާލޭ ޝޯ ރޭ ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި ބާއްވާފައިވާއިރު، ޝޯ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދެވެ. މި މުބާރާތުގެ […]