ދި-ފައުންޑޭޝަން ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: މަރްޔަމް އަޒާ ޢާދިލް

photo_2024-03-07_16-29-53

ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ޖީޒާ، މަރްޔަމް އަޒާ ޢާދިލްއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވައި ހިތުދަސް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ.

އަޒާ މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވި ސަބަބުތަކުގެ ތެރޭގައި، މުބާރާތުގެ ޒަރިއްޔާއިން ޤުރުއާނުގެ އިލްމު އުނގެނުމުގައި ބޮޑެތި ފައިދާތަކެއް ލިބިގެން ދިޔުމާއި، ތަފާތު ރާގުރާގަށް ޤުރުއާން ކިޔެވުމުގެ ފުރުސަތު މި މުބާރާތުން ލިބިގެން ދިޔުން ހިމެނެއެވެ. އަދި މުބާރާތް ރާވާލާފައިވާ ގޮތަކީ ޝައުޤުވެރި ގޮތަކަށް ވުމާއި، މުބާރާތުގައި ތަފާތު މޮޅެތި ކުދިންނާއި ވާދަކޮށްލުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ވެސް މި މުބާރާތުގައި އޭނާ ބައިވެރިވާން ބޭނުންވި ސަބަބުތަކެވެ.

އަޒާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

 އަޒާ ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް

  • 2017 ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާގެ 5 ވަނަ ޤުރްއާން މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރައިން ބަލައިގެން ކިޔެވުމުން 3 ވަނަ
  • 2016 (1437) ވަނަ އަހަރު ދިއްދޫ ކައުންސިލުން ބޭއްވި ޤުރްއާން މުބާރާތުން އެލް.ކޭޖީ ބައިން 1 ވަނަ
  • 2016 (1437) ވަނަ އަހަރު ދިއްދޫ ކައުންސިލުން ބޭއްވި ޤުރްއާން މުބާރާތުން ފައުންޑޭޝަން ބައިން 3 ވަނަ
  • 2020 - ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާގެ 7 ވަނަ ޤުރްއާން މުބާރާތުގެ ގްރޭޑް 2 ގެ ބައިން ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ
  • 2021 - ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާގެ 8 ވަނަ ޤުރްއާން މުބާރާތުގެ ގްރޭޑް 3 ގެ ބައިން ނުބަލައި ކިޔެވުމުގެ ގޮފިން 2 ވަނަ
  • 2021 (1442) ވަނަ އަހަރު ދިއްދޫ ކައުންސިލުން ބޭއްވި ޤުރްއާން މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 5 ފޮތުގެ ބައިން 1 ވަނަ، އަދި މުޅި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ
  • 2022 - ރަންތަރި ޤުރްއާން މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން 12 އަހަރުން ދަށުގެ އުމުރު ފުރާއިން 3 ވަނަ
  • 2022 - ހއ.އަތޮޅު.ތަޢުލީމީ މަރުކަޒުން ބޭއްވި ނޫރުލް ޤުރްއާން މުބާރާތުގެ 11 އަހަރުން ދަށުގެ ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ
  • 2023 - ޗޭނު ޖަމިއްޔާގެ 10 ވަނަ ޤުރްއާން މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން ގުރޭޑް 5ގެ ބައިން 5 ވަނަ
  • 2023 - ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ނޫރުލް ޤުރްއާން މުބާރާތް 1444 އިން ކީސްތޭޖް 2 ގެ ބައިން 2 ވަނަ. އަދި މުޅި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން 2 ވަނަ
  • 2023 (1444) ވަނަ އަހަރު ދިއްދޫ ކައުންސިލުން ބޭއްވި ޤުރްއާން މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 5 ފޮތުގެ ބައިން 1 ވަނަ، އަދި މުޅި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ، އަދި މުޅި މުބާރާތުން 3 ވަނަ
  • 2021 - 2022 ވަނަ އަހަރު ޤައުމީ ޤުރްޢާން މުބާރާތުގަ ބައިވެރިވެފަ
  • 2023 - ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތުގައި ބައިވެރިވެފަ
  • 2022 - ހއ.ދިއްދޫ އެންމެ އަލިގަދަ ތަރި މުބާރާތުން 9 ވަނަ
  • 2023 - ހއ.ދިއްދޫ އެންމެ އަލިގަދަ ތަރި މުބާރާތުން 4 ވަނަ

އަޒާއަކީ ލިބޭ ހުސްވަގުތުގައި ޤުރުއާން ހިފްޒުކުރުމަށް މަސައްކަތްކޮށް، އަދި މުރާޖާ ކުރުމުގައި ވަގުތު ހޭދަކުރާ ކުއްޖެކެވެ. ގޭމް ކުޅުމާއި ޓީވީ ބެލުމަކީ ވެސް އޭނާ ހުސްވަގުތުގައި ކޮށްއުޅޭ ކަންކަމެވެ.

ޤުރުއާންގެ އިލްމުގައި ކުރިއަށް ދިޔުމުގައި މައިންބަފައިންނާއި އާއިލާގެ ފަރާތުންނާއި، ޗޭނު ޖަމިއްޔާ ޤުރުއާން ކުލާހުގެ މުދައްރިސުންގެ ފަރާތުންނާއި އާސްތަގެ ފަރާތުންނާއި އިރުޝާދު ސަރ ގެފަރާތުން ލިބެމުން އަންނަ އެހީތެރިކަން އޭނާ ފާހަގަ ކުރެއެވެ.

އަޒާ މި މުބާރާތާއި ކުރިމަތިލަނީ ގަދަ ފަސް ބައިވެރިންގެ ތެރޭގައި ހިމެނި ފައިނަލުގައި ވާދަކޮށް މުބާރާތުގެ ފަހުރުވެރި އެއްވަނަ ހޯދުމުގެ އަޒުމުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި