ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ފެންފިޔާޒުގެ، އިސްމާއިލް މަހްފޫޒްއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވައި އެ އިލްމު އުނގެނެން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ.

މި މުބާރާތުން ޤުރުއާނުގެ އިލްމާއި ގުޅޭ ތަފާތު މައުލޫމާތު ލިބިގެން ދިޔުމާއި، މިއީ އެހެން މުބާރާތްތަކާއި ތަފާތު ގޮތަކަށް ކުރިއަށް ގެންދެވޭ މުބާރާތަކަށް ވުމީ، މަހްފޫޒްގެ ހިތުގައި މި މުބާރާތާއި މެދު ޝައުގުވެރިކަން އިތުރުވެގެންދިޔަ ސަބަބުތަކެވެ.

Ad
rt

މަހްފޫޒް ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

މަހްފޫޒް ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް

  • 2016 ވަނަ އަހަރު ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑް
  • 2016 ވަނަ އަހަރު ހއ.އަތޮޅު ޤުރްއާން މުބާރާތުން ނުބަލައި ކިޔުމުގެ ގޮފިން 7 އަހަރުންދަށް 1 ވަނަ
  • 2016 ވަނަ އަހަރު ހއ.އަތޮޅު ޤުރްއާން މުބާރާތުން އެންމެ މޮޅު 15 ދަރިވަރު
  • 1437 ވަނަ އަހަރު ކެލާ ކައުންސިލް 6 ވަނަ ޤުރްއާން މުބާރާތުން ނުބަލައި ކިޔުމުގެ ގޮފިން 7 އަހަރުންދަށް 2 ވަނަ
  • 1439 ވަނަ އަހަރު ކެލާ ކައުންސިލް 8 ވަނަ ޤުރްއާން މުބާރާތުން ހިތުން ކިޔުން 2 ފޮތުން 1 ވަނަ
  • 1439 ވަނަ އަހަރު ކެލާ ކައުންސިލް 8 ވަނަ ޤުރްއާން މުބާރާތުން މުޅިމުބާރާތުން ހިތުން ކިޔުމުގެ ގޮފިން 1 ވަނަ
  • 2019 ސްކޫލް ޤުރްއާން މުބާރާތް ހިތުން ކިޔެވުމުގެ ބައި 2 ފޮތުން 3 ވަނަ
  • 2020 ވަނަ އަހަރު އަލިމަސް ޔޫބިލް ސްކޫލު ޤުރްއާން މުބާރާތް ކީ ސްޓޭޖް 2 ހިތުން ކިޔެވުމުން 1 ވަނަ
  • 2022/2023 ވަނަ އަހަރު ސްކޫލް ޤުރްއާން މުބާރާތް ކީސްޓޭޖް 3 އިން ނުބަލާ ކިޔެވުމުން އެންމެ މޮޅު 5 ދަރިވަރު
  • 2020 ވަނަ އަހަރު އަލިމަސް ޔޫބިލް ސްކޫލު ޤުރްއާން މުބާރާތް މުޅި މުބާރާތުން ހިތުން ކިޔުން 2 ވަނަ
  • 1444 ވަނަ އަހަރު ކެލާ ކައުންސިލް ޤުރްއާން މުބާރާތުން ނުބަލައި ކިޔުމުގެ ގޮފިން، ކީސްޓޭޖް 3 ކުން 3 ވަނަ
  • 2022 ވަނަ އަހަރު އިހަވަންދިއްޕޮޅު ރަސްތަރި ޤުރްއާން މުބާރާތުން 15 އަހަރުން ދަށުގެ އުމުރުފުރާއިން ނުބަލައި ކިޔުމުގެ ގޮފިން 3 ވަނަ
  • 2022/2023 ވަނަ އަހަރު ސްކޫލް ޤުރްއާން މުބާރާތް މުޅި މުބާރާތުން ނުބަލާ ކިއުން އެންމެ މޮޅު 5 ދަރިވަރު
  • 2022 ވަނަ އަހަރު އިހަވަންދިއްޕޮޅު ރަސްތަރި ޤުރްއާން މުބާރާތް މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ
  • 1437 ވަނަ އަހަރު ކެލާ ކައުންސިލް 6 ވަނަ ޤުރްއާން މުބާރާތުގައި ބައިވެރިވެ ހއ.އަތޮޅު ޤުރްއާން މުބާރާތަށް ހޮވުން

އުމުރުން ވަރަށް ހަގުއިރު ޤުރުއާންގެ އުނގެނެންފެށި މަހްފޫޒްއަށް އެ އިލްމުގައި ކުރިއަށް ދިޔުމަށް މިހާތަނަށް ވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައެވެ. މިގޮތުން މަންމައާއި ބައްޕައާއި އާއިލާގެ މެމްބަރުންގެ އިތުރުން ނޫރާނީ ޤުރުއާން ކުލާހާއި ސްކޫލުން ލިބޭ އެހީތެރިކަން އޭނާ ފާހަގަ ކުރެއެވެ.

މުބާރާތުން ރަނގަޅު ކާމިޔާބެއް ހޯދުމުގެ އަޒުމުގައި ވާދަކުރާ މަހްފޫޒްގެ ޓާގެޓަކީ އެންމެ ދަށްވެގެން ވެސް ގަދަ ފަސް ބައިވެރިންގެ ތެރޭގައި ހިމެނި ފައިނަލުގައި ވާދަކުރުމެވެ.