ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ އަސްރަފީގެ، އާއިޝަތު އަސްވާ އަޙްމަދަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވަން ހިތްޖެހި، ޤުރުއާނުގެ އިލްމު ހޯދަން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. ކުޑައިރު ގޭތެރޭ ކުޅެން އުޅޭއިރު ޓީވީން ޤުރުއާން ކިޔަވާތަންފެނި، އަދި ރޭޑިއޮލުން ޤުރުއާން ކިޔަވާ އަޑުއިވި، އޭނާގެ ޝައުގުވެރިކަން ޤުރުއާނާއިމެދު އިތުރުވެގެން ދިޔައެވެ.
އަބަދުވެސް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ބޮޑު ޝައުގުވެރިކަމެއް އޮންނަ އަސްވާ، ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން، އެންމެ ބޮޑަށް ޝައުގުވެރިކަން އިތުރުވެގެން ދިޔަ ސަބަބަކީ މި މުބާރާތަކީ އާންމުކޮށް ބާއްވާ މުބާރާތްތަކާއި ތަފާތު މުބާރާތަކަށް ވުމެވެ.
އަސްވާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އަސްވާ ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- 1442 ވަނަ އަހަރު ދިއްދޫ ކައުންސިލުން ބޭއްވި 9 ވަނަ ޤުރްއާން މުބާރާތުން ހިތުންކިޔެވުމުގެ ގޮފިން 1 ވަނަ
- 1442 ވަނަ އަހަރު މިޑިލް ސްޕޯޓްސް ކުލަބުން ބޭއްވި 1 ވަނަ ޤުރްއާން މުބާރާތުން 13 އަހަރުން ދަށުގެ ބައިން ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ
- 1438 ވަނަ އަހަރު ބޭއްވި ސްކޫލް ޤުރްއާން މުބާރާތުން 9 އަހރުން ދަށުގެ ބައިން ހިތުން ކިޔެވުމުގެ ގޮފިން 2 ވަނަ
- 1443 ވަނަ އަހަރު ޕްރީސްކޫލް ނާސަރީ ބައިން ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ
- 1444 ވަނަ އަހރު ދިއްދޫ ކައުންސިލުން ބޭއްވި ޤުރްއާން މުބާރާތުން 16 އަހަރުން ދަށުގެ ބައިން ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ، އަދި ނުބަލައި ކިޔެވުމުގެ ގޮފިން 2 ވަނަ، އަދި މުޅި މުބާރާތުން 2 ވަނަ
- 1436 ވަނަ އަހަރު އިންޓަރހައުސް ޤުރްއާން މުބާރާތުން 7 އަހަރުން ދަށުގެ ބައިން ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ
- ޗޭނު ޖަމިއްޔާގެ 6 ވަނަ ޤުރްއާން މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން، ގްރޭޑް 4 ގެ ބައިން 1 ވަނަ
- ޗޭނު ޖަމިއްޔާގެ 8 ވަނަ ޤުރްއާން މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން، ގްރޭޑް 6 ގެ ބައިން 1 ވަނަ
- ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރ ބޭއްވި "ޤްރްއާން 1436"ގައި 7 އަހަރުން ދަށުގެ އުމުރުފުރާއިން ނުބަލައިކިޔެވުމުގެ ގޮފިން 2 ވަނަ
- ޗޭނު ޖަމިއްޔާގެ 6 ވަނަ ޤުރްއާން މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން، ގްރޭޑް 4 ގެ ބައިން 1 ވަނަ
- 2019- ޗޭނު ޖަމިއްޔާގެ 7 ވަނަ ޤުރްއާން މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން، ގްރޭޑް 5 ގެ ބައިން 1 ވަނަ
ޤުރުއާނުގެ އިލްމު އަސްވާއަށް އުނގައްނައި ދިނުމަށް މަންމައާއި ބައްޕަގެ އިތުރުން އާއިލާގެ މެމްބަރުންނާއި، ފާއިޒާ ދައްތައާއި މީޒާން ސަރ، އަލީ ޝިއާޒް ސަރގެ އިތުރުން އާސްތަ ކޮށްދެއްވާ އަދި ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް އޭނާ ޝުކުރު އަދާކުރެއެވެ.
އަސްވާއަކީ ލިބޭ ހުސްވަގުތުގައި ގޭތެރޭ މަންމައަށް އެހީތެރިވުމުގެ އިތުރުން ޤުރުއާން ކިޔެވުމުގައި ވަގުތު ހޭދަކުރާ ކުއްޖެކެވެ. ސްކޫލުންދޭ ފިލާވަޅުތައް ހެދުމާއި ފިލާވަޅުތައް ދަސްކުރުމަކީ ވެސް ލިބޭ ހުސް ވަގުތުގައި އޭނާ ކުރާ ކަންކަމެވެ.
މުބާރާތުގެ ފައިނަލް ބުރަށް ހޮވި ރަނގަޅު ކާމިޔާބެއް ހޯދުމަކީ އަސްވާގެ އަޒުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!