ދި-ފައުންޑޭޝަން ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން - އައިމިނަތު އިޝާދާ އަހްމަދު

IMG_4949

ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ އަސްރަފީގެ، އައިމިނަތު އިޝާދާ އަހްމަދު، ޤުރުއާނަށް ލޯބި އުފެދުނީ އޭނާގެ އުމުރުން ވަރަށް ހަގުއިރު، އޭނާގެ ދައްތަ (އަޝްވާ) ގޭތެރޭގައި ޤުރުއާން ކިޔަވާތަން ތަކުރާރުކޮށް ފެންނަން ފެށުމާއި ގުޅިގެންނެވެ.

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން އިޝާދާ އެންމެ ބޮޑަށް ޝައުގުވެރިވި ސަބަބަކީ މި މުބާރާތަކީ އާންމުކޮށް ބާއްވާ މުބާރާތްތަކާއި ތަފާތު ގޮތަކަށް ކުރިއަށް ގެންދާ މުބާރާތަކަށް ވުމެވެ.

އިޝާދާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އިޝާދާ ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް

  • 1438 - ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރ ބޭއްވި ޤުރްއާން 1438 ގެ 6 އަހަރުން ދަށުގެ ބައިން ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ
  • ޗޭނު ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ތަޖްވީދު ޓެސްޓްތަކުން ގްރޭޑް 2 އިން 2 ވަނަ
  • ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާގެ 7 ވަނަ ޤުޤުރްއާން މުބާރާތުން ގުރޭޑް 3 ގެ ބައިން ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ
  • 2020 - 2021 ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިޤްރައު ޕްރޮގްރާމުގައި 3 ފޮތް ހިތު ދަސްކުރުން

ޤުރުއާން އުނގެނުމުގައި އިޝާދާއަށް މިހާތަނަށް ވަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައެވެ. މިގޮތުން މަންމައާއި ބައްޕައާއި އާއިލާގެ މެމްބަރުންނާއި، އޝްރަފް ސަރ، މީޒާން ސަރ، ޝިއާޒް ސަރ، ޝާފިޔާ ސަރ، ހައްވަ މިސް، އަރޫޝާ މިސް، ފާއިޒާ ދައްތައާއި އެކުވެރިންގެ ނަން އޭނާ ފާހަގަ ކުރެއެވެ.

ލިބޭ ހުސްވަގުތުގައި ސްކޫލުންދޭ ފިލާވަޅު ހެދުމުގެ އިތުރުން ވާހަކަ ކިޔުމަށް ލީބިކުރާ އިޝާދާ މި މުބާރާތުގައި ބައިވެރިވަނީ ފައިނަލް ބުރަށް ދިއުމުގެ އުންމީދުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި