ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މަޑުފެހި ސްޕޯޓްސް ކުލަބް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބްލަޑް ބްރަދާސް ހޯދައިފިއެވެ.
އިއްޔެ ހަވީރު ފޯކައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗު ބްލަޑް ބްރަދާސް ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ ނަމްބަރު 7، މުޙައްމަދު ރިޝްވާންއެވެ.
ފައިނަލް މެޗު ނިމުމުން ވަނީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ތައްޓާއި އިނާމް ހަވާލު ކޮށްފައެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ ނަމްބަރު 12، ޚަލީލް ޖަމާލެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައި ވަނީ މަޑުފެހި ސްޕޯޓްސް ކުލަބްގެ ޖޯޒީ ނަމްބަރު 19، މުޙައްމަދު އަހުޝަމްއެވެ.
މުބާރާތުގައި ލިބުނު ކާމިޔާބީގެ އުފަލުގައި ބްލަޑް ބްރަދާސްގެ ކުޅުންތެރިން ޝުކުރުގެ ސަޖިދައެއްގައި، ފޮޓޯ: ފޯކައިދޫ ކައުންސިލް
މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް ހޮވިފައި ވަނީ މަޑުފެހި ސްޕޯޓްސް ކުލަބްގެ ޖޯޒީ ނަމްބަރު 10، މުޙައްމަދު ނަދީމްއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖަހައިގެން ރަންބޫޓް ހޯދާފައި ވަނީ ވެސް ނަދީމްއެވެ.
މުބާރާތުގެ އެންމެ މޮޅު ފޯވާޑް އަދި އެންމެ ގިނަ ލަނޑުޖަހައިގެން ރަންބޫޓް ހޯދި ނަދީމް، ފޮޓޯ: ފޯކައިދޫ ކައުންސިލް
މުބާރާތުގެ އެންމެ މޮޅު ޔަންގް ޕްލޭޔާއަށް ހޮވިފައި ވަނީ މަޑުފެހި ސްޕޯޓްސް ކުލަބްގެ ޖޯޒީ ނަމްބަރު 12، މުޙައްމަދު އިޔާން އިސްމާއިލްއެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ސްޕަރ ސްޓާއެގެ ޖޯޒީ ނަމްބަރު 21، ހުސެއިން ޖިނާހްއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައި ވަނީ މަޑުފެހި ސްޕޯޓްސް ކުލަބްގެ ޖޯޒީ ނަމްބަރު 77، މުޙައްމަދު އިހުޝާންއެވެ.
މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްލަޑް ބަރްދާސްގެ ޖޯޒީ ނަމްބަރު 7، މުޙައްމަދު ރިޝްވާންއެވެ.
ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ ރިޝްވާން
ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރ މުޙައްމަދު ރާޝިދެވެ.
މިއީ ފޯކައިދޫގައި ފުޓްބޯޅައިގެ ރޫޙް ދިރުވައި އާލާ ކުރުމަށާއި، ފޯކައިދޫގައި ހުނަރުވެރި ޤާބިލު ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ފޯކައިދޫ ކައުންސިލުން އިންތިޒާމްކުރާ މުބާރާތެކެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!