ށ. ފޯކައިދޫގައި 1000 ގަސް އިންދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަދުވެސް އެރަށުގައި ގިނަ އަދަދެއްގެ ގަސް އިންދައިފިއެވެ.

މި ޙަރަކާތް މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ފޯކައިދޫ ކައުންސިލުން އިސްނަގައިގެން، ފޯކައިދޫ ޑަބްލިއު.ޑީ.ސީ އާއި ފޯކައިދޫ ސިއްޙީ މަރުކަޒާއި، ފެނަކަ ފޯކައިދޫ ބްރާންޗްގެ އިތުރުން ފޯކައިދޫ ސްކޫލް ގުޅިގެންނެވެ.

Ad
rt

މިއީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، ފޯކައިދޫ ކައުންސިލުން ކުރިޔަށްގެންދާ ރަށްފެހި ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު އިންދުމަށް ހަމަޖެހިފައިވާ 1000 ގަހުގެ ތެރެއިން، މިއަދު އިންދި ގަސްތަކެކެވެ.

ފޯކައިދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ހިމެނޭ ރަށް ފެހި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ރުއްގަސް އިންދުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މާޗު މަހު އެވެ.

މި ޕްރޮގްރާމްގެ ދަށުން މިއަހަރު އިންދުމަށް ކަނޑައަޅާފައިވަނީ އެއްހާސް ރުއްގަހެވެ.