ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް، ފައިނަލުގެ ދެވަނަ ޖާގަ މަޑުފެހި ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

މިއަދު ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި މަޑުފެހި ސްޕޯޓްސް ކުލަބާއި ޔަންގް ވިނާސް ރިކްރިއޭޝަން ކުލަބް ބައްދަލު ކުރި މެޗު، މަޑުފެހި ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މަޑުފެހި ސްޕޯޓްސް ކުލަބްގެ ޖޯޒީ ނަމްބަރު 10، މުޙައްމަދު ނަދީމްއެވެ.

Ad
rt

މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައި ވަނީ ބްލަޑް ބްރަދާސްއެވެ. އެ ޓީމުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުވެ ލިބުނު ހަތް ޕޮއިންޓާއި އެކުގައެވެ. ފައިނަލުގެ ދެވަނަ ޖާގަ ހޯދި މަޑުފެހި ސްޕޯޓްސް ކުލަބުން ވެސް ފައިނަލުން ޖާގަ ހޯދާފައި ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުވެ ލިބުނު ހަތް ޕޮއިންޓާއި އެކުގައެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ނަދީމަށް ދާއިރާގެ މެންބަރު ރާޝިދު އިނާމް ދެއްވަނީ، ފޮޓޯ: ފޯކައިދޫ ކައުންސިލް

މަޑުފެހި ސްޕޯޓްސް ކުލަބާއި ބްލަޑް ބްރަދާސް ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު 15:45 ގައި ފޯކައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

މިއަދުގެ މެޗު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރ މުޙައްމަދު ރާޝިދެވެ.

މިއީ ފޯކައިދޫގައި ފުޓްބޯޅައިގެ ރޫޙް ދިރުވައި އާލާ ކުރުމަށާއި، ފޯކައިދޫގައި ހުނަރުވެރި ޤާބިލު ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ފޯކައިދޫ ކައުންސިލުން އިންތިޒާމްކުރާ މުބާރާތެކެވެ.