ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ މެޗުގައި ޓީމް މަޑުފެއްސާއި ބްލަޑް ބްރަދާސް ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ.

މިއަދު ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ޓީމް މަޑުފެއްސާއި ބްލަޑް ބްރަދާސް ބައްދަލު ކުރި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ ނަމްބަރު 12، ޚަލީލް ޖަމާލެވެ.

Ad
rt

މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ބްލަޑް ބްރަދާސް، ޔަންގް ވިނާސް، މަޑުފެހީގެ އިތުރުން ސްޕަރ ސްޓާއެވެ.

މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ދިހަވަނަ ދުވަހު ހަވީރުއެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. ހަވީރު 16:00 ގައި ފަށާ މި މެޗުގައި ބައްދަލުކުރާނީ ޔަންގް ވިނާސް ރިކްރިއޭޝަން ކުލަބާއި ސްޕަރސްޓާއެވެ.

މިއީ ފޯކައިދޫގައި ފުޓްބޯޅައިގެ ރޫޙް ދިރުވައި އާލާ ކުރުމަށާއި، ފޯކައިދޫގައި ހުނަރުވެރި ޤާބިލު ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ފޯކައިދޫ ކައުންސިލުން އިންތިޒާމްކުރާ މުބާރާތެކެވެ.