ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފިއެވެ.
މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ފޯކައިދޫ ހެލްތު ސެންޓަރ، ބްލަޑް ބްރަދާސް، މަޑުފެހި ސްޕޯޓްސް ކުލަބް، ޑަބްލިއުޑީސީގެ އިތުރުން ފެނަކަ ފޯކައިދޫ ހޭންޑްބޯލް ޓީމެވެ.
މި މުބާރާތުގެ ކުޅުން މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މާދަމާ ހަވީރު ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ފޯކައިދޫ ހެލްތު ސެންޓަރާއި ބްލަޑް ބްރަދާސް ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ މަޑުފެހި ސްޕޯޓްސް ކުލަބާއި ޑަބްލިއުޑީސީއެވެ.
މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
މިއީ ފޯކައިދޫގައި ހޭންޑްބޯޅައިގެ ރޫޙް ދިރުވައި އާލާ ކުރުމަށާއި، ފޯކައިދޫގައި ހުނަރުވެރި ޤާބިލު ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ފޯކައިދޫ ކައުންސިލުން އިންތިޒާމްކުރާ މުބާރާތެކެވެ.
މި މުބާރާތުގެ ޚަބަރުތައް ތާޒާ ކަމާއިއެކު "ތިލަދުން" އިން ގެނެސްދޭނެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ދިލަދުން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!