އޯޑީގެ މުއްދަތު އިތުުރުކޮށްދީފި

Ameer

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު އެއް އަހަރަށް ދަންމާލަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ.

މިގޮތުން ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް މުއްދަތު 2023 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށް ދިގު ދަންމާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްރީ 42 މެންބަރުންގެ ވޯޓުންނެވެ.

މުއްދަތު އިތުރުކުރުމަށް ނުފެންނަ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވައިފައިވެއެވެ.

މިއަދު މަޖިލީހުން ފާސްކުރި ހުށަހެޅުމުގައި ވަނީ، 2.5 ބިލިއަން ރުފިޔާ ބޮންޑަކަށް ބަދަލުކުރެވޭ ގޮތަށް އޯވާޑްރާފްޓްގެ މުއްދަތު އިތުރުކުރުމަށެވެ.

މިދިޔަ އަހަރުން ފެށިގެން އޮތީ ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 36 ވަނަ މާއްދާ އިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލު ކުރުން އިސްތިސްނާ ކޮށްފައެވެ. މިއީ މިގޮތަށް މުއްދަތު ދަންމާލަން މަޖިލީހުން ފާސްކުރި ތިންވަނަ ފަހަރެވެ. 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި