ހއ. ދިއްދޫގައި މިސްކިތެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަޠު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠު ހަމަވާ ފަރާތްތަކަށް އިއްޔެއިން ފެށިގެން ވަނީ ހުޅުވާލާފައެވެ.
ފިނޭންސް މިނިސްޓްރީން މި މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ޢަލުން ޢިއުލާންކޮށްފައި މިވަނީ ކުރިން މިކަމަށް ކުރި ޢިއުލާން ބާތިލު ކުރުމަށްފަހުއެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ ތެރެއިން ކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށް ފިނޭންސް މިނިސްޓްރީގެ ޢިއުލާންގައި ބުނެފަވެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، އެ ފައިސާ ދައްކަން ޖެހެނީ ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 44،000 ރުފިޔާ އެވެ.
ބިޑުތައް ހުޅުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 6 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!