އަންނަ އަހަރަށް 37.65 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ އަންނަ އަހަރަށް 36.92 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރުމަށެވެ. ނަމަވެސް ބަޖެޓު ކޮމިޓީން ވަނީ 73 މިލިއަން ރުފިޔާ އިތުރުކޮށް 37.65 ބިލިއަނުގެ ބަޖެޓެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފައެވެ.

Ad
rt

ބަޖެޓު ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. މި ޖަލްސާގައި ބަޖެޓު ފާސް ވެފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިން ތިއްބެވި 73 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓުންނެވެ.

ބަޖެޓު ފާސްކުރުމަށް އިދިކޮޅުގެ މެމްބަރުން ވަނީ ދެކޮޅު ހަދާފައެވެ. އަދި ބަޖެޓާ ދެކޮޅަށް ވަނީ އަޑު އުފުލާފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި 24.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކޮށްފައިވާއިރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 6.2 ބިލިއަން ރުފިޔާ އަދި ޖުމްލަ ހަރަދުގެ ގޮތުގައު 34 ބިލިއަން ހަރަދުވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މި ބަޖެޓަކީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.