މަކުނުދޫ ސްކޫލާއި، ނޮޅިވަރަމް ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ބީލަމަށް

ފޮޓޯ: ނޮޅިވަރަމް ސްކޫލް
ފޮޓޯ: ނޮޅިވަރަމް ސްކޫލް

ހދ. މަކުނުދޫ ސްކޫލާއި، އެ އަތޮޅު ނޮޅިވަރަމް ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ބީލަމުގައި ބައެވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު ގައިވާ ގޮތުގެ މަތީން ރަޖިސްޓްރީ ވެފައިވާ ފަރާތްތަށްކަށެވެ.

މަކުނުދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލު އިމާރާތް ކުރުމަށް ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ، 28 ނޮވެންބަރު 2021 އިން 20 ޑިސެންބަރު 2021 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 - 14:00 އާއި ދެމެދު އެވެ.

މި މަޝްރޫޢުއާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރަންޖެހެނީ 12 ޑިސެންބަރު 2021ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިންނެވެ. އަދި މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ބިޑުތައް ހުޅުވުން އޮންނާނީ 29 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ 11:00ގައި އެވެ.

ނޮޅިވަރަމް ސްކޫލްގައި މަލްޓި ޕާޕަސް ހޯލު އިމާރާތް ކުރުމަށް ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ ދައްކަން ޖެހެނީ 28 ނޮވެންބަރު 2021 އިން 27 ޑިސެންބަރު 2021 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އާއި ދެމެދުއެވެ.

މި މަޝްރޫޢުއާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ ވެސް އީމެއިލް ކުރަންޖެހެނީ 12 ޑިސެންބަރު 2021ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިންނެވެ. އަދި މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ބިޑުތައް ހުޅުވުން އޮންނާނީ 30 ޑިސެންބަރު 2021 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި އެވެ.

މި ބިޑާގުޅޭ ހުރިހާ ފައިސާގެ މުއާމަލާތްތަކެއްގައި ފައިސާ ދައްކަންޖެހެނީ ފިނޭންސް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  މެދުވެރިކޮށް ދައްކަންޖެހެއެވެ. އަދި މި ދެ މަޝްރޫޢޫގެ ބިޑްތައް ހުޅުވުން އޮންނާނީ ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި