ފީވަކު ސްކޫލުގެ މަލްޓި ޕާޕަސް ހޯލާއި، ހދ. އޭއީސީ އޮފީސް އަދި ނ. މާޅެންދޫ ސްކޫލުގެ މަސައްކަތް ބީލަމަށް

ފޮޓޯ: ފީވަކު ސްކޫލް
ފޮޓޯ: ފީވަކު ސްކޫލް

ށ. ފީވައް ސްކޫލުގެ މަލްޓި ޕާޕަސް ހޯލާއި، ވަށާފާރު އަދި ހދ. ކުޅުދުއްފުށީ އޭ.އީ.ސީގެ އޮފީސް އިމާރާތުގެ މަސައްކަތުގެ އިތުރުން ނ. މާޅެންދޫ ސްކޫލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން ވަނީ މި މަސައްކަތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު 20 ޖަނަވަރީ 2022 ގައި ހުޅުވާލާފައެވެ.

މި ބީލަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ފީވައް ސްކޫލުގެ މަލްޓި ޕާޕަސް ހޯލާއި ވަށާފާރުގެ މަސައްކަތަށް 60000.00 (ފަސްދޮޅަސް ހާސް) ރުފިޔާގެ ބިޑް ސެކުއުރިޓީ، އޭ.އީ.ސީ އޮފީސް އިމާރާތުގެ މަސައްކަތަށް 30000.00 (ތިރީސް ހާސް) ރުފިޔާގެ ބިޑް ސެއުރިޓީއެއް ބަހައްޓަން ޖެހޭއިރު، މާޅެންދޫ ސްކޫލު އިމާރާތުގެ މަސައްކަތަށް 950000.00 (ނުވަދިހަ ފަސްހާސް) ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ބަހައްޓަން ޖެހެއެވެ.

އެ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެ ކަމަށެވެ.

އެ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މި މަސައްކަތްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުން ފިލުވަނެ ބޭނުންވެއްޖެ ނަމަ  3 ފެބްރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން،[email protected] މި އީމެއްލް އެޑްރެސްއަށް މެއިލް ކުރެއްވުމަށް އެދިލައްވާ ކަމަށެވެ. އަދި މި މަސައްކަތްތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން  24 ޖަނަވަރީ 2022 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާކަމަށާއި މި މަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު  ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

މި މަސައްކަތްތަކަށް އެދި ހުށަހަޅާ ބިޑުތައް ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 17 ފެބްރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި