އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ހދ. އަތޮޅުގެ 12 ރަށުގައި އަލަށް 29 މަޝްރޫޢުއެއް ހިންގަން ހިމަނައިފިއެވެ.

މިގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކުރަށްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތުގައި ހދ. އަތޮޅުގެ 12 ރަށުގައި އަންނަ އަހަރު ފެށުމަށް އަލަށް ހިމެނި މަޝްރޫޢުތަތަކީ،

Ad
rt

ހދ. ހަނިމާދޫ

  • ހަނިމާދޫ ހޮސްޕިޓަލްގެ އައު އިމާރާތް (އަލަށްފަށާ)، 6،592،584 ރުފިޔާ
  • ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ގާއިމުކުރުން، (އަލަށްފަށާ)، 345،000 ރުފިޔާ
  • ހަނިމާދޫ ފުޓްސަލް ދަނޑު ގާއިމުކުރުން، (އަލަށްފަށާ)، 195،000 ރުފިޔާ
  • ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި މަލްޓި ޕާޕަސް ލެބޯޓަރީ ފެސިލިޓީއެއް ގާއިމުކުރުން، (އަލަށްފަށާ)، 465،513 ރުފިޔާ
  • ހަނިމާދޫ ޕޮލިސް ސްޓޭޝަން ގާއިމުކުރުން، (އަލަށްފަށާ)
  • ވިޔަފާރި ބަނދަރުތަކުގައި ގަސްގަހާގެއްސާއި ޖަނަވާރު ކަރަންޓީނު ކުރާނެ ހިދުމަތް ގާއިމުކުރުން، (އަލަށްފަށާ)
  • ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް، (އަލަށްފަށާ)

މީގެއިތުރަށް ހަނިމާދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 7 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއަކާއި އަދި އެވޯޑް ކުރެވިފައިވާ މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 94،565،942 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.

ހދ. ފިނޭ

  • ފިނޭ ބަނދަރު އަޕްގްރޭޑް ކުރުން، (އަލަށްފަށާ)، 1،000،000 ރުފިޔާ
  • ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް، (އަލަށްފަށާ)

މީގެއިތުރަށް ފިނޭއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 3 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ 3 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 6،945،635 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.

ހދ. ނައިވާދޫ

  • ނައިވާދޫ ފުޓްބޯޅަ ދަނޑު ގާއިމުކުރުން، (އަލަށްފަށާ)، 1،050،000 ރުފިޔާ
  • ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް، (އަލަށްފަށާ)

މީގެއިތުރަށް ނައިވާދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 3 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ 4 މަޝްރޫޢުއަކާއި، އެވޯޑްކުރެވިފައިވާ މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8،337،300 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.

ހދ. ހިރިމަރަދޫ

  • ހިރިމަރަދޫ ފުޓްބޯޅަ ދަނޑު ގާއިމުކުރުން، (އަލަށްފަށާ)، 1،050،000 ރުފިޔާ
  • ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް، (އަލަށްފަށާ)

މީގެއިތުރަށް ހިރިމަރަދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 3 މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 12،028،373 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.

ހދ. ނޮޅިވަރަންފަރު

  • ޒޯން 1 މެނޭޖްމަންޓް އޮފީސް އަދި ވެއާ ހައުސްއެއް ހެދުން، 2،000،000 ރުފިޔާ
  • ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް، (އަލަށްފަށާ)

މީގެއިތުރަށް ނޮޅިވަރަންފަރަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 5 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ 3 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 14،658،489 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.

ހދ. ނޮޅިވަރަމް

  • ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ގާއިމުކުރުން، (އަލަށްފަށާ)، 345،000 ރުފިޔާ
  • ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް، (އަލަށްފަށާ)

މީގެއިތުރަށް ނޮޅިވަރަމަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 4 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައިވާ 2 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއަކާއި އަދި ޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 4،865،157 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.

ހދ. ނެއްލައިދޫ

  • ނެއްލައިދޫ ހެލްތް ސެންޓަރ އަޕްގްރޭޑްކުރުން، (އަލަށްފަށާ)، 551،370 ރުފިޔާ
  • ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް، (އަލަށްފަށާ)

މީގެއިތުރަށް ނެއްލައިދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 6 މަޝްރޫޢުއަކާއި އަދި ރިޓެންޝަން މަރުހަލާގައިވާ 3 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 3،641،482 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.

ހދ. ކުރިނބީ

  • ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް، (އަލަށްފަށާ)

މީގެއިތުރަށް ކުރިނބީއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 4 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި އަދި ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 10،918،222 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.

ހދ. ވައިކަރަދޫ

  • ވައިކަރަދޫ ވޮލީ ކޯޓު ގާއިމުކުރުން، (އަލަށްފަށާ)، 180،000 ރުފިޔާ
  • ވައިކަރަދޫ ޕޮލިސް ސްޓޭޝަން ގާއިމުކުރުން، (އަލަށްފަށާ)
  • ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް، (އަލަށްފަށާ)

މީގެއިތުރަށް ވައިކަރަދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 5 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައިވާ 2 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ 3 މަޝްރޫޢުއަކާއި އަދި ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 2،241،357 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.

ހދ. ކުމުންދޫ

  • ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް، (އަލަށްފަށާ)، 2،977،568 ރުފިޔާ
  • ކުމުންދޫ ޒުވާނުންގެ މަރުކަޒު ގާއިމުކުރުން، (އަލަށްފަށާ)، 682،418 ރުފިޔާ
  • ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް، (އަލަށްފަށާ)

މީގެއިތުރަށް ކުމުންދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 5 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއަކާއި އަދި ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 16،150،470 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.

ހދ. ނޭކުރެންދޫ

  • ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް، (އަލަށްފަށާ)

މީގެއިތުރަށް ނޭކުރެންދޫ އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 4 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއަކާއި އަދި ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 12،138،662 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.

ހދ. މަކުނުދޫ

  • މަކުނުދޫ ޕޮލިސް ސްޓޭޝަން ގާއިމުކުރުން
  • ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް، (އަލަށްފަށާ)

މީގެއިތުރަށް މަކުނުދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 5 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ 3 މަޝްރޫޢުއަކާއި އަދި ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 7،319،168 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، ޕީއެސްއައިޕީގެ ދަށުން ހދ. އަތޮޅުގެ 12 ރަށުގައި އަލަށް 29 މަޝްރޫޢުއެއް ހިންގަން ހިމަނާފައިވާއިރު، ކުޅުދުއްފުށީ ސިޓީގައި އަލަށް 8 މަޝްރޫޢުއެއް ހިންގަން ވަނީ ހިމަނާފައެވެ. އަދި އެ ސިޓީގައި އަންނަ އަހަރު ހިންގާ ޕީއެސްއަޕީގެ މަޝްރޫޢުތަކަށް ޖުމްލަ 98،056،367 ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.

އަންނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް އިއްޔެ ހުށަހަޅާފައިވާއިރު، ދެން އޮންނާނީ ބަޖެޓާއި މެދު މެންބަރުން ތަޅުމުގައި ބަހުސް ކުރެއްވުމެވެ. ކޮމެޓީ މަރުހަލާގައި އެ ބަޖެޓަށް ބަދަލު ގެނައުމުގެ ފުރުސަތު މެންބަރުންނަށް އޮންނާނެއެވެ. ބަޖެޓް ފާސްކުރާނީ ކޮމެޓީން ނިންމާ ރިޕޯޓް ތަޅުމަށް ފޮނުފައި، ތަޅުމުގައި ވޯޓަށް އަހައިގެންނެވެ.