ކުޅުދުއްފުއްޓާއި، ހަނިމާދޫގައި ނުނިމި ހުރި ހައުސިން ޔުނިޓްތައް ނިންމާނެ ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފި
ކުޅުދުއްފުށީ ސިޓީއާއި، ހދ. ހަނިމާދޫގައި އިމާރާތް ކުރަންފަށާފައިވާ ހައުސިން ޔުނިޓްތައް ނިންމާނެ ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފިއެވެ. އެ ދެރަށުގައި އިމާރާތް ކުރަންފަށާފައިވާ ހައުސިން ޔުނިޓްތައް ނިންމާނެ ބަޔަކު ހޯދަން ކުރިން ކޮށްފައިވާ ޢިއުލާން ބާތިލްކޮށް އަލުން އެ މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ފިނޭންސްއިން ޢިއުލާން ކުރީ އިއްޔެއެވެ. މިގޮތުން އެ މިނިސްޓްރީއިން ބުނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް ހައުސިންގ އިންފްރާސްޓަރަކްޗަރގެ އެދިލެއްވުމުގެ މަތިން އެ ދެރަށުގައި...