2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލިސްއަށް މިއަދު ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ.
އަންނަ އަހަރަށް ލަފާކޮށް ފާސްކުރީ 34،922،716،599 ރުފިޔާގެ ބަޖެޓެކެވެ. ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީއިން މަޖިލިސްއަށް ހުށަހެޅުއްވީ 34،787،720،151 ރުފިޔާގެ ބަޖެޓެކެވެ. މަޖިލިސް ބަޖެޓް ކޮމެޓީއިން ބަޖެޓްގެ މަސައްކަތްކޮށް، ފާސްކުރަން ތަޅުމަށް ފޮނުވީ އެ ޢަދަދަށް 134،996،448 މިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.
ބަޖެޓަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ކުރިން ލަފާކޮށްފައިވާ އަދަދު 17.8 ބިލިޔަން ރުފިޔާ އިން 21.28 ބިލިޔަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ.
އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.
ބަޖެޓް ފާސްކުރަން މިއަދު ނެގުނު ވޯޓުގައި މަޖިލިސް ތަމްސީލް ކުރަށްވާ 87 މެންބަރުން ކުރެ 68 މެންބަރުން ވަނީ ބަޖެޓް ފާސްކުރަން ވޯޓު ދެއްވާފައެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 1 މެންބަރަކު ވޯޓު ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!