ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްޠީނު މީހުންގެ މައްސަލައެއް ނޫންކަމަށާއި އަދި އެއީ ހަމަ އެކަނި ޢަރަބީންގެ މައްސަލައެއް ވެސް ނޫންކަމަށާއި އެއީ ހުރިހައި މުސްލިމުންގެ ޤަޟިއްޔާއެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާ ވިދާޅުވެއްޖެ އެވެ.

ޚުޠުބާގައި ވިދާޅުވި ގޮތުގައި މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި، އެ ބިން ފޭރިގަތުމުން، އެ ބިން މިނިވަންކުރުމަށް އެންމެހައި މުސްލިމުން އެއްބައިވެ، އެކަތިގަނޑަކަށްވާން ޖެހެއެވެ. އަދި އަނިޔާ ލިބޭ މީހުންގެ ކެކުޅުންތަކާއި ގިސްލުންތަކާއި ރުއިންތަކަށް އިޖާބަދޭން ޖެހެއެވެ.

Ad
rt

ޚަޠީބު އިތުރަށް ވިދާޅުވީ ޤުދުސުގެ މައްސަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މައްސަލައެއް ކަމަށާއި، އެއީ މުސްލިމުންގެ ބިމެއް ކަމަށެވެ. ނަމަވެސް މިއަދު ގިނަ މުސްލިމުންނަށް ޤުދުސްގެ ނަން މެނުވީ ނޭނގޭ ކަމަށް ވެސް ވިދާޅުވިއެވެ.

ޒަޔަނިސްޓުންގެ އަޑުގަދަ ދުންމާރިއާއި މީޑިޔާގެ ޒަރީޢާއިން ޤުދުސަކީ ޔަހޫދީންގެ ބިމެއްކަމުގައި ސާބިތުކޮށްދެވޭތޯ މަސައްކަތްކުރި ނަމަވެސް، އެއީ ހަމަ މުސްލިމުންގެ ބިމެއްކަމާއި ފަލަސްޠީނު މީހުންގެ ބިމެއްކަން ޚަޠީބު ފާހަގަކުރެއްވިއެވެ. ޚުޠުބާގައި ވިދާޅުވި ގޮތުގައި ޤުދުސަކީ ޔަހޫދީންގެ ރަށެއް ނޫނެވެ. އެ ބިމުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ޢަރަބިކަރައިގެ ކަންޢާނީ ޤަބީލާގެ ޔަބޫސީ ދަރިކޮޅުގެ މީހުންނެވެ. އެއީ ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 3500 އަހަރު ކުރީންނެވެ.

ޚަޠީބު އަދި ވިދާޅުވީ، އެ ބިމުގައި ދާއޫދުގެފާނާއި ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލު ހޯދުމުގެ ނަމުގައި މިއަދު ޒަޔަނިސްޓުން މަސްޖިދުލްއަޤްޞާގެ ވަށައިގެން ކޮންނަމުން ދަނީ މި މާތް މިސްކިތްކޮޅު ނައްތައިލުމުގެ ނުބައި މަޤްޞަދުގައި ކަމަށެވެ. މިއީ ހިންގަމުންދާ ޖަރީމާއެއް ކަމަށް ވެސް ޚަޠީބު ވިދާޅުވިއެވެ.

މިއަދުގެ ޚުޠުބާ ވިދާޅުވީ، މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ އެ ބިން މިނިވަންކުރުމަށް ޓަކައި އެންމެހައި މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށް ވާން ޖެހޭނެކަމަށާއި އެ މީހުންގެ ކެކުޅުންތަކާއި ގިސްލުންތަކާއި ރުއިންތަކަށް އިޖާބަދޭން ޖެހޭނެކަމަށެވެ.

ޤުދުސުގެ މަސްއަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މައްސަލައެއްކަމަށާއި އެއީ މުސްލިމުންގެ ބިމެކެވެ. މިއަދު މުސްލިމުންގެ ގިނަ ބަޔަކަށް ޤުދުސްގެ ނަން މެނުވީ ނެނގޭ ކަހަލައެވެ. ޒަޔަނިސްޓުންގެ އަޑުގަދަ ދުންމާރިއާއި މީޑިޔާގެ ޒަރީޢާއިން އެއީ ޔަހޫދީންގެ ބިމެއްކަމުގައި ސާބިތުކޮށްދެވޭތޯ މަސައްކަތްކުރިޔަސް އެއީ ހަމަ މުސްލިމުންގެ ބިމެކެވެ. ފަލަސްޠީނު މީހުންގެ ބިމެކެވެ.

ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު، ޔަހޫދީންނާއި އެމީހުންގެ ބައިވެރިންގެ ރޭވުންތެރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އިސްލާމީ ޚިލާފަތު ނިމުމަކަށް ގެނެވި، ފަލަސްޠީނު އިނގިރޭސިވިލާތުގެ ބެލުމުގެ ދަށަށް ގެނެވުނެވެ. ޔަހޫދީންގެ ހުނަރުވެރި ސިޔާސަތުތަކުގެ ތެރެއިން، ފަލަސްޠީނުގައި އެމީހުންނަށް ދިރިއުޅެވޭނެ ވަޒަނެއް ޤާއިމުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވުމެއް ހޯދުނެވެ. މި އެއްބަސްވުމާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދިޔަ ޔަހޫދީން ފަލަސްޠީނުގެ ބިމަށް ގެނެވި، އެތަނުގައި ވަޒަންވެރިކުރެވުނެވެ.

އިނގިރޭސިވިލާތާއި ހުޅަނގުގެ ޤައުމުތަކުގެ އެހީތެރިކަމާއެކު، ޔަހޫދީންނަށް ހަތިޔާރާއި ސިފައިންގެ ތަމްރީނު ލިބި، ފަލަސްޠީނުގެ ބިމުގެ ބާރު ހޯދުނެވެ. އެމެރިކާ އެކުވެރި ޖުމްހޫރިއްޔާއާއި ހުޅަނގުގެ ޤައުމުތަކުގެ އެހީތެރިކަމާއެކު، ފަލަސްޠީނުގައި އިސްރާއީލުގެ ނަމުގައި ޔަހޫދީ ދައުލަތެއް ޤާއިމުކުރެވުނެވެ.

1967 ވަނަ އަހަރު ޔަހޫދީން ޤުދުސް ހިފައި، އަލްމަސްޖިދުލްއަޤްޞާ އަށް އަލިފާން ރޯކުރުމާ ގުޅިގެން، ޔަހޫދީންގެ އޭރުގެ ދިފާޢީ ވަޒީރު މޯޝޭ ދައްޔާނާއާ ނޫސްވެރިޔަކު ކުރި ސުވާލެއްގައި ބުނެފައިވެއެވެ: "މުސްލިމުން ޤަބޫލުކުރާ ގޮތުގައި، ކީރިތި ޤުރްއާނުގައިވާ ފަދައިން، އެމީހުން އަލްމަސްޖިދުލްއަޤްޞާއަށް ދެވަނަ ފަހަރަށް ވަންނާނެއެވެ." މިއަށް ޖަވާބު ދެމުން މޯޝޭ ދައްޔާނާ ވިދާޅުވިއެވެ: "ކަންބޮޑުވާން ނުޖެހޭނެއެވެ. މި ޖީލުގެ މީހުން އެތަނަކަށް ނުވަންނާނެއެވެ.

އެ ކަން ވާނީ ހުކުރު ނަމާދަށް ދާ މުސްލިމުންގެ ޢަދަދަށް އެބައިމީހުން ފަތިސް ނަމާދަށް ދާން ފަށާ ދުވަހަކުންނެވެ.

ޚަޠީބު ޚުޠުބާ ނިންމާލަމުން ވިދާޅުވީ، އިސްލާމީ އުންމަތަށް ކުރިން ލިބުނު ޢިއްޒަތާއި ކަރާމާތް ލިބޭހުށީ، ކީރިތި ޤުރްއާނާއި ރަސޫލާ ﷺ ގެ ޠާހިރު ސުންނަތަށް ރުޖޫޢަވެ ދީނުގައި އަންގަވައިފައިވާ ގޮތުގައި ސާބިތުވެތިބެގެންކަމުގަ އެވެ.