ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް އޮނިގަނޑު އެކުލަވާލައި، އެ އިދާރާތަކަށް ފޮނުވައިފި
އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް، ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާތަކަށް ފޮނުވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅާއެއްގޮތައް އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް، ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވައިލާފައިވާ ކަމަށެވެ. ޕޭ ކޮމިޝަނުން އެކުލަވައިލި މި އޮނިގަނޑު މިހާރު ފުލުހުންނާއި، ސިފައިންގެ މުއައްސަސާއ...