ވަޒީފާގެ ބިރެއް އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮންމެ ބުރާސްފަތި ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބެނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސް އަށް ލިބިދޭ ބާރުގައި އައްޔަންކޮށް އަދި ވަޒީފާއިން ވަކިކުރާ މީހުން ކަމަށެވެ.
އެފަދަ މީހުންނަކީ ވަޒީފާގެ ވަޒީފާގެ ބަޔާނެއް ހަދައިގެން ވަޒީފާއަދާކުރާ ބައެއް ނޫން ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
މީގެ އިތުރުން މިއުވާން ވިދާޅުވީ ސިޔާސީ މަގާމެއްގައި ހުންނަ މީހަކު ހެނދުނު އޮފީހަށް ނުކުމެ ވަކި ސިޔާސަތެއް ދަމަހައްޓާފައި، މެންދުރުފަހު އެހެން ސިޔާސަތެއް ދެމެގެއްޓުމަށް މަސައްކަތް ކުރުމަކީ ސިޔާސީ ކަންކަން ކުރަން ނޭނގުން ކަމަށެވެ.
ސިޔާސަތު ގަބޫލު ނުކުރާ ބަޔަކާއެކު މަސައްކަތް ކުރުމަކީ ވާނޭ ކަމެއް ނޫން ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވި ގާނޫނާ ޚިލާފު ކަމެއް ކުރާނަމަ، އެއްވެސް ޕާޓީއެއްގެ މީހަކަށް ވަޒީފާގައި ނުހުރެވޭނެ ކަމަށާއި ކޯލިޝަން ދެމެހެއްޓުމަށް ރައީސް ސާލިހު ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!