ރޯދަމަހު އުފެދޭ ޑިމާންޑާ އެއްވަރަށް އެސްޓީއޯ އިން ތަކެތި ބާޒާރަށް ނެރޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކޮންމެ ހަފުތާއަކު ވެސް ބްރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

މިއުވާން ވިދާޅުވީ ޑިމާންޑާ އެއްވަރަށް ބާޒާރަށް ތަކެތި ނެރެން އެސްޓީއޯ އިން ޖުމްލަ ހަ ޝިޕްމަންޓެއް ގެންނާނެ ކަމަށާއި އޭގެ ތެރޭގައި، ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ ފިޔާ، އަލުވި އަދި ބިސް ހިމެނޭ ކަމަށެވެ. އަދި މިތަކެތި ހުސްވިޔަނުދީ ހުންނާނެކަމުގެ ޔަގީންކަން އެސްޓީއޯ އިން ދޭ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ ފުރަތަމަ ޝިޕްމަންޓް ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ގެނެސްފައިވާ ކަމަށެވެ.

ހަމަމިއާއެކު ރޯދަމަހު އުފެދޭ ޑިމާންޑާ އެއްވަރަށް ބާޒާރަށް މުދާ ނެރެ، ތަކެތީގެ އަގު ބޮޑުވިޔަނުދިނުމަށް މާލޭ ވިޔަފާރި ބަނދަރުން މުދާ ނެރުން އަވަސްކުރުމަށް ސަރުކާރުން ބާރުއަޅުއްވާނެ ކަމަށާއި އެ މަސައްކަތްކުރާނީ އެމްޕީއެލްއާއި ކަސްޓަމްސް އިން ކަމަށް ވެސް ވިދާޅުވިއެވެ.

ރޯދަމަހު ތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ އިތުރު ތަފްސީލު އަންނަ ހަފްތާފައި ދެއްވާނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.