އިންތިހާބީ ރައީސްގެ އޮފީހުން ސަރުކާރަށް ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ދޮގު ކުރައްވައިފިއެވެ.
މ. ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ސަރުކާރުގެ ލިޔެކިއުންތަކަށް ބަދަލު ގެންނަ ކަމުގެ މައުލޫމާތާއި އައު ވަޒީފާތައް އުފެއްދުމާއި ވަޒީފާއަަށް މީހުން ނެގުން ފަދަ ކަންތައްތައް ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ތަކުރާރުކޮށް ލިބެމުން އަންނަކަމަށެވެ.
އެހެންކަމުން އެފަދަ ކަންތައްތައް ނުކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްްވާފައެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެފަދަ ކަންކަމަކީ އެއްވެސް ވަރަކަށް ހިނގާ ކަމެއް ނޫން ކަމަށާއި ސަރުކާރުން ޢަމަލުކުރަމުން އަންނަނީ ގާނޫނާ ގަވައިދާ އެއްގޮތަށް ކަމަށެވެ.
މީގެ އިތުރުން ޓްރާންސިޝަން އަށް ސަރުކާރުން އެއްބާރުލުން ދެމުން އަންނަ ކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!