ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވާނެ ކަމަށެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރުދުވަހު ކަމަށެވެ.
މިދަތުރާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެެއް ނުކުރައްވައެވެ.
ރައީސް ސާލިހު މީގެކުރިން ސިންގަޕޫރަށް ވަޑައިގެން ވަނީ ތައިރޮއިޑް އޮޕަރޭޝަނެއް ވެސް ކުރައްވާފައެވެ. މި އޮޕަރޭޝަން ކުރައްވާފައިވަނި ފައިބެއަހަރުއެވެ. އަދި މިދިޔަ ފެބްރުއަރީ މަހު ވެސް އެގައުމަށް ވަޑައިގެންނެވިއެވެ.
ތައިރޮއިޑް އާލާސްކަންފުޅުގެ ފޮލޯއަޕް ހެއްދެވުމަށް ރައީސް ސިންގަޕޫރަށް ވަޑަގަންނަވަން ޖެހިވަޑައިގަންނަވާކަން ރައީސް އޮފީހުން ކުރިންވެސް ހާމަކުރައްވާފައިވީނަމަވެސް މިއަދު މިކުރައްވާ ދަތުރުފުޅަކީ ސީދާ އެކަމާއި ގުޅުންހުރި ދަތުރުފުޅެއްކަން ޔަގީނެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!