ބޮޑެތި ޕާރުސަލްތައް ނަގަން ފަސޭހަކޮށްދޭން މޯލްޑިވްސް ޕޯސްޓުން ހާއްސަ ސްޓޭޝަނެއް
ބޮޑެތި ޕާރުސަލްތައް ލިބިގަތުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް ޕޯސްޓްގެ ހެޑް އޮފީހުގެ ގްރައުންޑް ފްލޯގައި ހާއްސަ ޕިކްޕޯސްޓް ސްޓޭޝަނެއް މިއަދު ހުޅުވައިފި އެވެ. މޯލްޑިވްސް ޕޯސްޓްގެ މައި އިދާރާގައި މިއަދު ހުޅުވި މި ޕިކްޕޯސްޓް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދެވެ. ޕޯސްޓް އޮފީހުން ބުނި ގޮތުގައި މި ސްޓޭޝަނަކީ އެ ކުންފުނީގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، ތަރައްގީކޮށް...