ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޕްލެޓްފޯރމް ކަމުގައިވާ ޓީމޫ އިން ވަނީ ދިވެހިރާއްޖޭގައި އެ ޕްލެޓްފޯރމްގެ ޚިދުމަތްތައް ދޭން ފަށައިފި އެވެ.

އެމެރިކާ އާ ޔޫރަޕްގައި ނަން މަޝްހޫރު ޓީމޫ ގެ މާކެޓްޕްލޭސް، މި ސަރަޙައްދުގެ ގައުމުތަކަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއީ، ފާހަގަކޮށްލެވޭ ފުޅާކުރުމެކެވެ. ގިނަ އަދަދެއްގެ އުފެއްދުންތަކެއް ވާދަވެރި އަގުތަކެއްގައި އޮމާންކަމާއެކު އޮންލައިންކޮށް ޝޮޕިންގ ކުރުން ތަޖުރިބާކޮށްލުމަށް މަޝްހޫރު މި ޕްލެޓްފޯމް، މިހާރު މިވަނީ ދިވެހި ކަސްޓަމަރުންނާ ހަމައަށް ފޯރާފައެވެ.

Ad
d

ޓީމޫއިން ގިނަ ބާވަތްތަކެއްގެ ރަނގަޅު ކޮލިޓީގެ އުފެއްދުންތައް ވާދަވެރި އަދި ހެޔޮ އަގުތަކެއްގައި ލިބެންހުރެއެވެ. މީގެ ތެރޭގައި އިލެކްޓްރޯނިކްސް، ފެޝަން، ގޭގެ ސާމާނު، ޒީނަތްތެރިވުމަށް ބޭނުންކުރާ ތަފާތު އުފެއްދުންތަކާއެކު އިތުރު ގިނަ ބާވަތްތަކުގެ މުދާ މި ޕްލެޓްފޯރމުގައި ހިމެނެއެވެ. ޓީމޫގެ ޔޫސަރ-ފްރައިންޑްލީ އެޕް މެދުވެރިކޮށް އޯޑަރުކޮށް ފައިސާ ދެއްކުމާއި، މެދުވެރިއެއްނެތި ޝޮޕިންގ ކުރުމަށް ހުޅުވާލެވިފައިވާ މިފަހި ފުރްސަތުގެ ތެރެއިން އޯޑަރުކުރާ ތަކެތި، ސީދާ ކަސްޓަމަރުންނާ ހަމައަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިތުބާރާ ޔަގީންކަމާއެކު ފޯރުކޮށްދިނުމަކީ، ޓިމޫގެ މި ޚިދުމަތުގެ އެންމެ ޚާއްޞަ ސިފައެވެ. ޓިމޫ އިން އޯޑަރ ކުރާ ތަކެއްޗަށް ފްރީ-ޝިޕންގ ލިބޭ ގޮތަށް ހަމަޖެހިފައިވާއިރު، ޝިޕިންގ ޚަރަދު ކުޑަކުރުމުގެ ގޮތުން އެއް އޯޑަރަކަށް ބައިވަރު ތަކެތި ގަތުމުގެ ބޭނުމެއް މިހާރަކު ނެތެވެ. އޭގެ ބަދަލުގައި ހަމަޖެހިލައިގެން ބޭނުން އިރަކު ޝޮޕިންގ ކުރުމުގެ ފުރްޞަތު ޓީމޫ އިން މިވަނީ ފަހިކޮށްދީފައެވެ.

ޓީމޫގެ ޚިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ޓީމޫ އިން ވަނީ މޯލްޑިވްސް ޕޯސްޓު ލިމިޓެޑާ ގުޅިގެން، ޕޯސްޓުގެ ނޭޝަންވައިޑް ޑެލިވަރީ ނެޓްވޯކް ޓިމޫގެ ޚިދުމަތަށް ބޭނުންކުރަން ފަށާފައެވެ. ޓީމޫއާ މޯލްޑިވްސް ޕޯސްޓް ގެ މި ސްޓްރެޓެޖިކް ގުޅުމުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޓިމޫގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ އޯޑަރުތައް ޕިކްޕޯސްޓާއި، ހޯމްޑެލިވަރީ އަދި ކައުންޓަރ ޑެލިވަރީ މެދުވެރިކޮށް އިތުބާރުހުރި ގޮތެއްގައި އަވަހަށް ލިބޭނެގޮތް ފަހިކޮށްދޭނެއެވެ.

ދިވެހިރާއްޖޭގައި ޓީމޫގެ އޮންލައިން މާކެޓްޕްލޭސް އެއް ގާއިމްވެގެން ދިއުމަކީ، އީ-ކޮމާސްގެ ދާއިރާ ފުޅާ ކުރުމަށް މޯލްޑިވްސް ޕޯސްޓުން ކުރާ މަސައްކަތުގެ ބައެއްކަމަށާއި، ޗައިނާ އާ ތައިލެންޑް އަދި އިންޑިއާ ފަދަ ގައުމުތަކުގެ އޮންލައިން ޕްލެޓްފޯރމްތަކާ ގުޅިގެން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯސްޓުން މަޢުލޫމާތު ދެއެވެ.

ވެބްސައިޓް: https://www.temu.com/

އެންޑްރޮއިޑް އެޕްލިކޭޝަން: https://play.google.com/store/apps/details?id=com.einnovation.temu&hl=en_US&gl=US&pli=1

Ad
df

އެޕަލް އެޕްލިކޭޝަން:

App StoreTemu: Shop Like a Billionaire App - App StoreDownload Temu: Shop Like a Billionaire by Temu on the App Store. See screenshots, ratings and reviews, user tips, and more apps like Temu: Shop Like a…