މޯލްޑިވްސް ޕޯސްޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް މާލޭގެ މާފަންނުން އިމާރާތެއް ކުއްޔަށް ހޯދަން ފަށައިފިއެވެ.
މޯލްޑިވްސް ޕޯސްޓުން ކުރި އިއުލާނެއްގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމަށް އަގު ހުށަހަޅާ ފޯމާއެކު އަންދާސީ ހިސާބު ހުށަހަޅަން ހުުޅުވާލާފައިވާ ކަމަށެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 3ގެ މެންދުރު 2:00 އާ ހަމައަށެވެ.
ޕޯސްޓުގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ބީލަން ހުށަހަޅަން ޖެހޭނީ ޕޯސްޓު ބިލްޑިންގެ 5 ވަނަ ފަންގިފިލާއަށެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެ ކަމަށް ވަނީ ބުނެފައެވެ.
ޕޯސްޓުގެ ހިދުމަތްދޭން މާފަންނުން އިމާރާތެއް ހޯދުމަށް އިއުލާނުކޮށްފައި މިވަނީ ޗައިނާގެ ޓެމޫއިން ރާއްޖެއަށް މުދާ ފޮނުވައިދޭން ފެށުމުން ޕޯސްޓުގެ ޚިދުމަތަށް ބާރުބޮޑުވެ ބެކްލޮގް ބޮޑުވެފައި ވަނިކޮށެވެ.
މޯލްޑިވްސް ޕޯސްޓުން ވަނީ ޚިދުމަތް ފުޅާ ކުރުމަށް މިފަހުން ހުޅުމާލޭ ދެވަނަ ފިޔަވަހިންވެސް އިމާރާތެއް ހޯދަން ބިޑަށް ހުޅުވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!