މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން، އިންޑިއާގެ މަޝްހޫރު އީކޮމާސް މާކެޓްޕްލޭސްތަކުން ދިވެހިންނަށް ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު "ގްލޯބަލް ދުކާން" މެދުވެރިކޮށް ހަމަޖައްސައިފިއެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް އިންޑިއާގެ އީކޮމާސް ސައިޓްތަކުން ގަންނަ ތަކެތި މިހާރު ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރީ ކޮށްދޭނެއެވެ.

Ad
d

ގްލޯބަލް ދުކާން މެދުވެރިކޮށް އިންޑިއާގެ އެންމެ މަޝްހޫރު ޕްލެޓްފޯމްތައް ކަމަށްވާ އެމެޒަން، މިންތްރާ، ފްލިޕްކާޓް، ނައިކާ، ނައިކާ ފެޝަން އަދި އިކިއާ ފަދަ ތަންތަނުން ވިޔަފާރި ކުރެވޭނެއެވެ. މީގެ ތެރޭގައި ފެޝަން އަދި ލައިފްސްޓައިލް އުފެއްދުންތަކާއި، އިލެކްޓްރޯނިކްސް، ގޭތެރެއާއި ބަދިގެއަށް ބޭނުންވާ ސާމާނުގެ އިތުރުން ބިއުޓީ އެންޑް ވެލްނެސް ޕްރޮޑަކްޓްތައް ހިމެނެއެވެ.

ދިވެހިންގެ މެދުގައި އިތުބާރު ލިބިފައިވާ މި ޕްލެޓްފޯމުން ވިޔަފާރި ކުރުމަށް އިންޑިއާގެ ވަކި އެޑްރެހެއް ބޭނުމެއް ނުވާނެއެވެ. ވިޔަފާރި ކުރުމަށްޓަކައި އެޕް ސްޓޯރު ނުވަތަ ޕްލޭ ސްޓޯރުން "Global Ducan" އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެއެވެ. މީގެ އިތުރުން globalducan.com ވެބްސައިޓް މެދުވެރިކޮށްވެސް މި ހިދުމަތް ހޯދޭނެއެވެ.

މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ވަކިވަކި އީކޮމާސް ސައިޓްތަކުގައި ސައިން-އިން ކުރާކަށް ނުޖެހޭނެއެވެ. އެޕްގެ ތެރެއިން ބޭނުންވާ ފިހާރައެއް އިޚްތިޔާރުކޮށް، މުދާ ކާޓަށް އެޑްކުރުމުން "ޝޮޕް ވިއާ ގްލޯބަލް ދުކާން" އޮޕްޝަން މެދުވެރިކޮށް ފައިނަލް އަގު ކޮންފާމް ކުރެވޭނެއެވެ. ތަފާތު އެކި ވެބްސައިޓްތަކުން އައިޓަމްތައް އެއް ކާޓަކަށް އެޑްކޮށް، އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތުވެސް އޮވެއެވެ.

Ad
df

މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މޯލްޑިވްސް ޕޯސްޓްގެ ކޯލް ސެންޓަރު ނަންބަރު 3315555 އަށް ގުޅުއްވުމުން ނުވަތަ ޕޯސްޓްގެ ވެބްސައިޓް މެދުވެރިކޮށް މެސެޖު ކުރުމުން މައުލޫމާތު ލިބިގެންދާނެއެވެ.