މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
ވ. އަތޮޅު ކަނޑުގެ ސަރަހައްދުން ފެނުނީ ތެޔޮ ބޯޓުން ގެއްލުނު މީހާގެ ހަށިގަނޑެއްނޫން: ފުލުހުން
Raajje

ވ. އަތޮޅު ކަނޑުގެ ސަރަހައްދުން ފެނުނީ ތެޔޮ ބޯޓުން ގެއްލުނު މީހާގެ ހަށިގަނޑެއްނޫން: ފުލުހުން

ވ. އަތޮޅު ކަނޑުގެ ސަރަހައްދުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލުނު ބިދޭސީ މާހާގެ ހަށިގަނޑު ނޫންކަން ކަށަވަރުވެފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ވ. އަތޮޅު ކަނޑުގެ ސަރަހައްދަކުން ވަނީ އިންސާނެއްގެ ހަށިގަނޑު ފެނިފައެވެ. އެއީ  ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުގެ ސަރަހައްދުން ފެނުނު ހަށިގަނޑެކެވެ. އެ ހަށިގަނޑު ފެނިފައި ވަނީ، ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން […]

މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަންފަރުން މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަންފަރުން މީހަކު ހައްޔަރުކޮށްފި

ދެރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މިގޮތުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގި އެއް ރަށަކީ ހދ. ނޮޅިވަރަންފަރެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި އެރަށުގައި އެ އޮޕަރޭޝަން ހިންގާފައި ވަނީ ކުޅުދުއްފުށިން ނޮޅިވަރަންފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މި މަހު 20 ވަނަ ދުވަހު ނޮޅިވަރަންފަރުގައި ހިންގި އެ އޮޕަރޭޝާނުގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސ...

މާލޭގެ ގެސްޓުހައުސްއެއްގައި ހަށިވިއްކަމުންދިޔަ 4 މީހަކު ހައްޔަރުކޮށްފި
Raajje

މާލޭގެ ގެސްޓުހައުސްއެއްގައި ހަށިވިއްކަމުންދިޔަ 4 މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެސްޓުހައުސްއެއްގައި ހަށިވިއްކަމުންދިޔަ 4 މީހަކު ދިވެހި ފުލުހުންގެ ހިދުމަތުން ހައްޔަރުކޮށްފި އެވެ. އެ އިދާރާއިން ވިދާޅުވީ އެމީހުން ހައްޔަރުކުރީ މާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ ރޯޅި ގެސްޓުހައުސް ބަލައި ފާސްކުރުމަށްފަހު ކަމަށެވެ. ފުލުހުން ވިދާޅުވީ އޭގެތެރޭގައި ހިމެނެނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި ހަމަ އެ އުމުރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނެއް ކަމަށެވެ. މީގެތެރެއިން ދިވެހި ފިރިހެން [...

ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހަކަށް ފަރުވާދެނީ
Raajje

ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހަކަށް ފަރުވާދެނީ

އައްޑޫ ސިޓީގެ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހަކަށް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލި މައްސަލަ މިރޭ 22:02 ހާއިރު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. ”އަނިޔާވި މީހާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން” ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރަށް ގެންގޮސްފައެވެ. މި މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް […]

''ގެއްލިގެން ހޯދަމުންދިޔަ އާސިރު ފެނިއްޖެ، އޭނާގެ ހާލު ރަނގަޅު''
Raajje

''ގެއްލިގެން ހޯދަމުންދިޔަ އާސިރު ފެނިއްޖެ، އޭނާގެ ހާލު ރަނގަޅު''

ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އާސިރު އިސްމާޢީލް، (ސ. މަރަދޫފޭދޫ / ގަސްކަރަ) ފެނިފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އުމުރުން 31 އަހަރުގެ އާސިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި […]

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް
Raajje

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް

ދިރުވާލައިގެން މަސްތުވާތެކެތި އެތެރެކުރަން އުޅުނު ލެޓްވިއާ އަށް ނިސްބަތްވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ. ފުލުންގެ ޚިދުމަތުގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަނާއި ކަސްޓަމްސްގެ އެހީތެރިކަމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް އުމުުރުން 46 އަހަރުގެ ލެޓްވިއާ ފިރިހެނެއް ގެންދިޔަކަން ފުލުހުންގެ ޚިދުމަތުން ހާމަކުރީ މި މަހު 14 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންނެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅު...

ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން ލިމިޓް ކުރި، ނަމަވެސް މަސައްކަތަށް ދަތިވެފައެއް ނުވޭ: ފުލުހުން
Raajje

ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން ލިމިޓް ކުރި، ނަމަވެސް މަސައްކަތަށް ދަތިވެފައެއް ނުވޭ: ފުލުހުން

ހދ. ކުޅުދުއްފުށި ސިޓީގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދުއްވަމުން އަންނަ ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން ލިމިޓް ކުރިނަމަވެސް މަސައްކަތަށް ދަތިވެފައިނުވާކަމަށް އެއިދާރާއިން ހާމަ ކޮށްފި އެވެ. އެއިދާރާއިން ބުނީ، ކުޅުދުއްފުށީގައި ދުއްވާ ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ލިބުމުގައި ދައްޗެއް ނެތްކަމަށެވެ. ފައިސާ ނުދައްކައިގެން ކުޅުދުއްފުށީގައި ދުއްވާ ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ވިއްކުން ހުއްޓާލައިފިކަމަށާއި އެކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ރަށުތެރެ ޕެޓުރޯލުނުކުރެވި ފުލުހުންނަށް...

އާސިރު އެންމެ ފަހުން ފެނުނީ އެއާޕޯޓުން، ފުރިކަން އެނގިފައެއްނުވޭ: ފުލުހުން
Raajje

އާސިރު އެންމެ ފަހުން ފެނުނީ އެއާޕޯޓުން، ފުރިކަން އެނގިފައެއްނުވޭ: ފުލުހުން

ގެއްލިގެން ހޯދަމުންދާ މުޙައްމަދު އާސިރު އިސްމާޢީލް، (ސ. މަރަދޫފޭދޫ / ގަސްކަރަ) ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭނާ އަދި ފެނިފައިނުވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. އުމުރުން 31 އަހަރުގެ އާސިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. ފުލުހުން މިރޭ ބުނީ، ފެބުރުވަރީ 4 […]

ވ. އަތޮޅު ކަނޑުގެ ސަރަހައްދުން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ވަޅުލައިފި
Raajje

ވ. އަތޮޅު ކަނޑުގެ ސަރަހައްދުން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ވަޅުލައިފި

ވ. އަތޮޅު ކަނޑުގެ ސަރަހައްދުން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ވަޅުލައިފިއެވެ. ދިވެހި ފުުހުންގެ ހިދުމަތުން ވިދާޅުވީ ވ. އަތޮޅުން ފެނުނު ހަށިގަނޑު ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު، އެ ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ. އަދި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. މި ހަށިގަނޑަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ވ. އަތޮޅު ކަނޑުގެ ސަރަހައްދަކުން ފެނުނު ހަށިގަނޑެކެވެ. ފުލުހުން ވިދާޅުވެފައުވަނީ މި ހަށިގަނޑު ފެނިފައިވަނީ ވ. އަތޮޅު ވެމްޕަރު ފަޅު […]

ރެފްރީއަށް ހަމަލާދިން މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލާނެ: މަހްލޫފު
Raajje

ރެފްރީއަށް ހަމަލާދިން މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލާނެ: މަހްލޫފު

އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗަށް ފަހު ރެފްރީއަށް ހަމަލާދިން މައްސަލް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާނެ ކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހްމަދު މަހްލޫފު އެދިވަޑައިގެންފިއެވެ. ވަޒީރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޓަރ ސްކޫލް މުބާރާތެއްގެ ތެރެއިން ރެފްރީގެ ނިންމުމަކާހެދި މިފަދަ ކަމެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންނަށްވަނީ ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށެވެ. “ދިވެހި ފުލ...

ހިޔާ ޓަވަރުތަކުގެ ސީސީޓީވީ ފީޑު ފުލުހުންނާ ހިއްސާކުރުމަށް އެއްބަސްވެއްޖެ
Business

ހިޔާ ޓަވަރުތަކުގެ ސީސީޓީވީ ފީޑު ފުލުހުންނާ ހިއްސާކުރުމަށް އެއްބަސްވެއްޖެ

ހިޔާ ފްލެޓުތަކުގެ އެތެރެ އާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ފީޑް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފް އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އެވެ. އެޗްޑީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީ ގައި ޤާއިމުކޮށްފައިވާ ހިޔާ މަޝްރޫއުގެ 16 ޓަވަރުގ...

ފަތުރުވެރިޔާ މަރުވި މައްސަލަ: ޑިންގީ ދުއްވި މީހާ ހައްޔަރުކޮށްފި
Raajje

ފަތުރުވެރިޔާ މަރުވި މައްސަލަ: ޑިންގީ ދުއްވި މީހާ ހައްޔަރުކޮށްފި

ޑިންގީއެއްގެ ބުރަފަތިން ޖެހި ފަތުރުވެރިޔާ މަރުވި މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ޑިންގީ ދުއްވި މީހާ ކަމަށެވެ. އަދި އެއީ އުމުރުން 45 އަހަރުގެ މީހެއް ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ޖެނުއަރީ 31 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ގޭ ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައިވާ ކަމަށް ވެސް […]

އާރުޓީއެލް ބަހުގެ ޚިދުމަތާ ގުޅުނު ޑްރައިވަރުންނަށް ޓްރެއިނިން ޕްރޮގްރާމެއް
Raajje

އާރުޓީއެލް ބަހުގެ ޚިދުމަތާ ގުޅުނު ޑްރައިވަރުންނަށް ޓްރެއިނިން ޕްރޮގްރާމެއް

އާރުޓީއެލް ބަހުގެ ޚިދުމަތާ އަލަށް ގުޅުނު ޑްރައިވަރުންނަށް ދިވެހި ފުލުހުން ޓްރެއިން ޕްރޮގްރާމެއް ހިންގައިފިއެވެ. ފުލުހުންގެ ރޯޑްސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޔުނިޓާއި، އެމްޓީސީސީގެ ޓްރެއިނިންގ ޑިޕާޓްމަންޓް ގުޅިގެން އާރުޓީއެލް ބަހުގެ ޚިދުމަތާ އަލަށް ގުޅުނު ޑްރައިވަރުންނަށް ހިންގި މި ޕްރޮގްރާމަކީ ސޭފް ޑްރައިވިންގ އެންޑް ރޯޑްސޭފްޓީ ޓްރެއިނިންގ ޕްރޮގްރާމެކެވެ. މިދިޔަ ހޯމައާއި އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތާއި ބަހު...

ޖިންސީ ގޯނާގެ މައްސަލައެއްގެ ތުހުމަތުގައި 73 އަހަރުގެ މީހަކު ހައްޔަރުކޮށްފި
Raajje

ޖިންސީ ގޯނާގެ މައްސަލައެއްގެ ތުހުމަތުގައި 73 އަހަރުގެ މީހަކު ހައްޔަރުކޮށްފި

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އުމުރުން 73 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް އެ އިދާރާއަށް ހުށަހެޅުމުން، އެ މައްސަލަ ތަހުގީގު ކުރައްވަމުން އަންނަ ކަމަށެވެ. އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ ފުލުހުންގެ ނޯތު ސެންޓަރު ޕޮލިސް ރީޖަން (ކ. އއ. އދ. ވ. އަތޮޅު) ގައި ހިމެނޭ ރަށަކުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ”މި މައްސަލައާއިގުޅިގެން […]

ނިޝާހް، ގެނބުނު ކުއްޖަކު ސަލާމަތް ކުރުމުގައި ގަދަ ހިތްވަރާއި ނަމޫނާދެއްކި
Raajje

ނިޝާހް، ގެނބުނު ކުއްޖަކު ސަލާމަތް ކުރުމުގައި ގަދަ ހިތްވަރާއި ނަމޫނާދެއްކި

އދ. މާފުށިވަރު ރިސޯޓް ކައިރިއަށް ބޮއި އަޅަން މޫދަށް ފައިބައިގެން އުޅެނިކޮށް ހިނގި ހާދިސާގައި އިއްޔެ ނިޔާވި ނިޝާހް ޢަބްދުލް ޣަފޫރަކީ ހިތްވަރުގަދަކަމުގެ ނަމޫނާއެކެވެ. ފުލުހުންގެ ޚިދުމަތުން، ރޭ 21:06 ގައި މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއިއަޅަން މޫދަށް ފައިބައިގެން އުޅުނު 18 އަހަރުގެ ފިރިހެނަކު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދާކަމުގެ މައުލޫމާތު ރޭ 18:54 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި މަހިބަދޫ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވެފައިވަނީ އެމީހާއަ...