ވ. އަތޮޅު ކަނޑުގެ ސަރަހައްދުން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ވަޅުލައިފިއެވެ.

ދިވެހި ފުުހުންގެ ހިދުމަތުން ވިދާޅުވީ ވ. އަތޮޅުން ފެނުނު ހަށިގަނޑު ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު، އެ ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ. އަދި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

Ad
rt

މި ހަށިގަނޑަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ވ. އަތޮޅު ކަނޑުގެ ސަރަހައްދަކުން ފެނުނު ހަށިގަނޑެކެވެ.

ފުލުހުން ވިދާޅުވެފައުވަނީ މި ހަށިގަނޑު ފެނިފައިވަނީ ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުގެ ސަރަހައްދުން ކަމަށެވެ. އަދި އެ ހަށިގަނޑު ފެނިފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ އެދުވަހުގެ ހެނދުނު 09:03 ގައި ކަމަށެވެ.

އެ ހަށިގަނޑު ފެނިފައިވަނީ ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށްނެވެ. އެ ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔައީ މުޙައްމަދު ނިޡާމް (45އ)، ގދ. ތިނަދޫ / މަނާރު، އަދި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) އެވެ.
މީގެ ތެރެއިން ނިޘާމް ވަނީ މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ.
އެހެންނަމަވެސް ބަންގްލަދޭޝް މީހާ ފެނިފައިވާކަމުގެ މައުލޫމާތު މިހައިތަނަށް ލިބިފައެއް ނުވެއެވެ.