އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗަށް ފަހު ރެފްރީއަށް ހަމަލާދިން މައްސަލް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާނެ ކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހްމަދު މަހްލޫފު އެދިވަޑައިގެންފިއެވެ.

ވަޒީރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޓަރ ސްކޫލް މުބާރާތެއްގެ ތެރެއިން ރެފްރީގެ ނިންމުމަކާހެދި މިފަދަ ކަމެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންނަށްވަނީ ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށެވެ.

Ad
rt

"ދިވެހި ފުލުހުންގެ ހިދުމަތުންނާއި ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން މިކަން ސީރިއަސް ކަމެެއްގެ ގޮތުގައި ބަލާނެ." އެ ދެ މުވައްސަސާ ޓެގް ކުރައްވާ ކުރައްވާފައިވާ ޓްވީޓުގައި ވެއެވެ.

އެ ހާދިސާ ހިންގާ، ރެފްރީއަށް ހަމަލާދީފައިވަނީ މިހާރުކުރިއަށްދާ އިންޓަރ ސްކޫލް 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލު ފުރަތަމަ މެޗުގައެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ ކަލާފާނު ސްކޫލާއި މާލެ އަތޮޅު ގުރައިދޫ ސްކޫލެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަގޮތުގައި ރެފްރީއަށް ހަމަލާދީ، މާރާމާރީ ހިންގާކަމަށް ބެލެވެނީ ގުރައިދޫ ސްކޫލަށް ނިސްބަތްވާ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުންނެވެ.

އެ ވީޑިއޯތަކުން ފެންނަގޮތުގައި ދަނޑުމަތީގައި ރެފްރީއަށް ހަމަލާދޭން ފެށުމުން، ރެފްރީ ދުވަމުން ގޮސް ރެފްރީސް ޗޭންޖިންގ ރޫމަށް ވަންނަން މަސައްކަތް ކުރެއެވެ. ނަމަވެސް އޭރުވެސް ރެފްރީ ވަށާލައިގެން ތިބެ ބައެއް ފަރާތްތަކުން ދިޔައީ އޭނާއަށް ހަމަލާ ދެމުންނެވެ.

އެފްއޭއެމް އިން ބުނެފައިވަނީ އެ މައްސަލަ ބަލަމުންދާ ކަމަށާއި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.