މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެ
Raajje

ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެ

ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ވިލިމާލެއިން އުމުރުން 13 އަހަރުގެ އަންހެން ކުއްޖާ ފެނުނީ ހުޅުމާލެއިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މާރިޗު މަހުގެ 18 ވަނަ ދުވަހުގެރޭ 1:33 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގެ ބައެއް މަސްދަރުތަކުގައި […]

ޓޭޒާ ބަޑި ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރާނެ: ރައީސް
Raajje

ޓޭޒާ ބަޑި ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރާނެ: ރައީސް

ޓޭޒާ ބަޑި ހަތިޔާރެއްގެ ގޮތުގާ ބޭނުން ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާޅިހު ވިދާޅުވެއްޖެއެވެ. ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ވާހަކަ ދަައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޓޭޒާ ބޭނުންކުރާނީ ހަމައެކަނި ފުލުހުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ކަމަށެވެ. ޓޭޒާ ބަޑިއަކީ ނުރައްކާތެރި ކުށްވެރިންނާއި ކުރިމަތިލާއިރު، ފުލުހުންނާއި ކުށްވެރިޔާގެ ވެސް ރައްކަލަކަށް ބޭނުންކުރާ ވަސީލަތެއް ކަމަށާއި މިއީ ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަ...

ނޫސްވެރިޔާ ހައްޔަރުކުރީ ފުލުހެއް ގައިގައި ޖެހުމުން: ފުލުހުން
Raajje

ނޫސްވެރިޔާ ހައްޔަރުކުރީ ފުލުހެއް ގައިގައި ޖެހުމުން: ފުލުހުން

ބުރާސްފަތި ދުވަހުގެ ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ބޭއްވި މުޒާހަރާ ތެރެއިން “އަވަސް” ނޫހުގެ ވީޑިއޯ ޖާނަލިސްޓް ހުސެއިން ޖުމާން ހައްޔަރު ކޮށްފައި ވަނީ ފުލުހެއްގައިގައި ޖެހުމުން ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ. މިކަން ހާމަކޮށް މިއަދު ފުލުހުންގެ އިދާރާއިން ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ ބުރާސްފަތި  ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކު...

އިމާރާތަކުން ވެއްޓި ނިޔާވި މީހާގެ ފޮޓޯ ދައުރު ނުކުރުމަށް އެދިއްޖެ
Raajje

އިމާރާތަކުން ވެއްޓި ނިޔާވި މީހާގެ ފޮޓޯ ދައުރު ނުކުރުމަށް އެދިއްޖެ

މިރޭ މާލޭގެ އިމާރާތަކުން ވެއްޓި ނިޔާވި އަންހެން މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ. މާލޭގެ ހެންވޭރު އިމާރާތަކުން މީހަކު ވެއްޓުނު ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 20:05 ހާއިރުއެވެ. މި ހާދިސާގައި ވެއްޓިފައި ވަނީ 32 އަހަރުގެ އަންހެނެކެވެ. އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ފުލުހުންނަށް މައުލޫމާތު ދެއްވާފައެވެ. ފުލުހުންގެ ސްޕޯކް ޕާސަން މިރޭ މީޑިއާތަކަށް...

މާލޭ އިމާރާތަކުން ވެއްޓުނު މީހާ ނިޔާވެއްޖެ
Raajje

މާލޭ އިމާރާތަކުން ވެއްޓުނު މީހާ ނިޔާވެއްޖެ

މާލޭގެ އިމާރާތަކުން މިރޭ ވެއްޓުނު މީހާ ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. ނިޔާވެފައި ވަނީ 34 އަހަރުގެ ދިވެހި އަންހެނެކެވެ. މާލޭގެ އިމާރާތަކުން މީހަކު ވެއްޓިއްޖެ މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 20:05 ހާއިރުކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލް ލިބޭގޮތެއް އަދި ނުވެއެވެ.

މާލޭގެ އިމާރާތަކުން މީހަކު ވެއްޓިއްޖެ
Raajje

މާލޭގެ އިމާރާތަކުން މީހަކު ވެއްޓިއްޖެ

މާލޭގެ އިމާރާތަކުން މީހަކު ވެއްޓިގެން ދިވެހި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. މީހަކު ވެއްޓިފައި ވަނީ ހެންވޭރުގައި ހުންނަ އިމާރާތަކުންނެވެ. މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 20:05 ހާއިރުއެވެ. ”ފުލުހުން ދަނީ ސީނުގައި ހަރަކާތްތެރިވަމުން” ފުލުހުން ވިދާޅުވިއެވެ. ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތު ލިބުނު ވަރަކުން މީޑިއާތަކާއި ހިއްސާ ކުރައްވާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މާލޭގެ ގެއަކުން މިރޭ މީހަކު ވެއްޓުނު އިރު، ރޭ ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. ރޭގެ ހާދިސާ […...

ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ
Raajje

ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ

އއ. ރަސްދޫ މަޑިވަރު ޑައިވިންގ ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އއ. ރަސްދޫ މަޑިވަރު ޑައިވިންގ ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު ހާލު ސީރިއަސްވެގެން ރަސްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:12 ހާއިރު ކަމަށެވެ. ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށެވެ. މަރުވެފައި ވަނީ އިނގިރޭސި ވިލާތަށް ނިސްބަތްވާ މީހެއް ކަމަށް ވެސް...

4 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފަސްމީހަކު ހައްޔަރުކޮށްފި
Raajje

4 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފަސްމީހަކު ހައްޔަރުކޮށްފި

މާލޭގެ 10 ތަނެއް ބަލައި ފާސްކޮށް، 5 ދިވެހި ފިރިހެނުން ހައްޔަރުކޮށް، 4 ކިލޯއަށް ވުރެ ގިނަ ހެރޮއިން ހޯދަައިފިއެވެ. އެކަން ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެެލިޖެންސް މައުލޫމާތުގެ މައްޗަށް، 4 މާޗު ގައި މާލޭގައި ފުލުހުން އޮޕަރޭޝަންއެއް ހިންގާފައިވާ ކަމަށެވެ. އަދި މާލޭގެ 10 ތަނެއް ބަލާފާސްކޮށް، 5 ދިވެހި ފިރުހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން...

ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެކާއި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފި
Raajje

ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެކާއި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފި

ފުވައްމުލަކު ސިޓީގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެކާއި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ހިންގަމުންދާ ސްޕާއެއްގައި ހަށި ވިއްކަމުންދާކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ސިޓީ ޕޮލިހާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން 04 މާޗް 2023 ގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ”މި އޮޕަރޭޝ...

ހއ. އަތޮޅުގައި ގާނޫނުތަކަށް އަހުލުވެރިކުރުވުގެ ޕްރޮގްރާމްތަކެއް
Thiladhunmathi News

ހއ. އަތޮޅުގައި ގާނޫނުތަކަށް އަހުލުވެރިކުރުވުގެ ޕްރޮގްރާމްތަކެއް

ހއ. އަތޮޅުގައި ގާނޫނުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވަނީ ހއ. އަތޮޅުގެ ހޯރަފުށި، އިހަވަންދޫ، އުލިގަމު، ތުރާކުނު އަދި މަނަފަރު ރިސޯޓުގައެވެ. މިދިޔަ ފެބްރުއަރީ މަހުގެ 24 އިން 28 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްތަކާގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި މިއީ، ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން...

ހުޅުމާލޭ ކެފޭ އަކަށް ގެއްލުންދިން މައްސަލާގައި 7 މީހަކު ހައްޔަރުކޮށްފި
Raajje

ހުޅުމާލޭ ކެފޭ އަކަށް ގެއްލުންދިން މައްސަލާގައި 7 މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ‘ޖޫސް ޓައިމް’ ކެފޭއަށް ވަދެގަދަ އެތަނަށް ގެއްލުންދިން މައްސަލައިގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، ފެބްރުއަރީ 17 ވަނަ ދުވަހުގެ ހުޅުމާލޭ ‘ޖޫސް ޓައިމް’ ކެފޭއަށް ބަޔަކު ވަދެ އެތަނަށް ގެއްލުންދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. މި އެޕާޓްމަންޓް ބަލާފާސްކުރުމުގެ ތެރޭގައި އެތަނުގެ އެތެރެއިން މަސްތުވާތަކެއްޗާއި، މާރާމާރީ ގިންގަން ބޭނުންކުރާ ބައެއް އާލާތް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވ...

ބުރުނީގައި ރުކެއް ކެނޑުމުގައި އުޅުނު ބަޔަކަށް އަނިޔާވެ އެކަކު ނިޔާވެއްޖެ
Raajje

ބުރުނީގައި ރުކެއް ކެނޑުމުގައި އުޅުނު ބަޔަކަށް އަނިޔާވެ އެކަކު ނިޔާވެއްޖެ

ތ. ބުރުނީގައި ރުކެއް ކެނޑުމުގައި އުޅުނު ބަޔަކަށް އަނިޔާވެ އެކަކު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބުރުނީގައި ރުކެއް ކަނޑައި، އެ ރުއް ފުރޮޅަން އުޅުމުގެ ތެރޭގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 16:44 ގައެވެ. މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ‘’އަނިޔާވި […]

ހެލްމެޓް އަޅައިގެން ރަށުތެރޭގައި އުޅޭނަމަ ހުއްޓުވައި ފާސްކުރަނީ
Raajje

ހެލްމެޓް އަޅައިގެން ރަށުތެރޭގައި އުޅޭނަމަ ހުއްޓުވައި ފާސްކުރަނީ

ހެލްމެޓް އެޅުން ލާޒިމް ނުކުރާ ތަންތަނުގައި ހެލްމެޓް އަޅައިގެން ރަށުތެރޭގައި އުޅޭ މީހުން ހުއްޓުވައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ. ފުލުހުން މިގޮތައް އަންގާ އިޢުލާންކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. ފުލުހުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ހެލްމެޓް އަޅައިގެންތިބެ، މޫނު ނިވާކޮށްގެން ތަންތަނަށް ގެއްލުން ދިނުމާއި މާރާމާރީތައް ހިންގުމުގެ މައްސަލަތައް މާލެ އާއި ހުޅުމާލޭގައި ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެބަޔާނެއްގައި ބުނެފައިވަނީ، ހެލްމެޓް އެޅުން ގާނޫނުތަކުން ލާ...

އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދާ މައްސަލަތަކެއް، ސަމާލުވާން އެދިއްޖެ
Raajje

އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދާ މައްސަލަތަކެއް، ސަމާލުވާން އެދިއްޖެ

އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު ތަފާތު ގޮތްތަކަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މައްސަލަތަކެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅެމުންދާތީ އެކަމާ ސަމާލުވުމަށް އެ ޚިދުމަތުން އެދިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވާ ގޮތުގައި، އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު، އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ޓްރާންސްފާ ކުރަމާއި އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން އެކި ފިހާރަތަކުން ކިއު.އާރު ސްކޭން މެދުވެރިކޮށް މޯބައި...

ހަށިވިއްކި މައްސަލަ: ބިދޭސީ މީހާގެ ބަންދަން 15 ދުވަސް، ދިވެހި މީހާ ދޫކޮށްލައިފި
Raajje

ހަށިވިއްކި މައްސަލަ: ބިދޭސީ މީހާގެ ބަންދަން 15 ދުވަސް، ދިވެހި މީހާ ދޫކޮށްލައިފި

މާލޭގެ ގެސްޓުހައުސްއެއްގައި ހަށިވިއްކަމުންދިޔަ މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ އަށް ކޯޓުން ޝަރުތުކޮށް ދޫކޮށްލައި، ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. އަންގާރަ ދުވަހުގެ ރޭ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ރޯޅި ގެސްޓުހައުސް ބަލައި ފާސްކުރުމަށްފަހު ހަށިވިއްކަމުންދިޔަ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރެއްވީ އިއްޔެވިއެވެ. ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރިމީހުންގެ ބަންދާމެދު ގޮތެއ...