މީހުން އަތުން ފޭރެމުން ދިޔަ ބަޔަކު ހިޔާ ސަރަހައްދުން ހައްޔަރުކޮށްފި
އެކި މީހުން އަތުން ފައިސާ ފޭރެމުން ދިޔަ ހަތަރު މީހަކު ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ ސަރަހައްދުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެޗް 1 ކައިރިން މީހެއްގެ އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭކަމަށް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކުރުމުން ހިފަހައްޓާފައި ތިބި މީހުން އެހެން މީހެއްގެ އަތުން އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުންގެ ބުނެއެވެ. މި މައްސަލައ...