ޔޮޓެއްގައި ރާއްޖެއައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ކ. ތުލުސްދޫ އަށް ބޭލި މައްސަލައަކަށް އެޓެންޑްވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެ ކުއްތާ ތުލުސްދޫ އަށް ބާލާފައި ވަނީ ހިންމަފުށީ ބޭރުގައި އޮތް ޔޮޓަކުންނެވެ.

Ad
rt

އެ ކުއްތާ ތުލުސްދޫ އަށް ބޭލިކަމުގެ ރިޕޯޓު ލިބިގެން ފުލުހުން އެ މައްސަލައަށް އެޓެންޑްވެފައިވާއިރު، އެ ކުއްތާ މިހާރު ވަނީ އަނބުރާ ޔޮޓަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

''އެއީ ހުއްދަ ލިބިގެން ރާއްޖެ އެތެރެކޮށްފައިވާ ކުއްތާއެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ'' ފުލުހުން ބުނެފަވެއެވެ.

ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނުގައި ބުނާގޮތުން ކުއްތާ ދިވެހިރާއްޖެއަށް ގެންނަންވާނީ، އަދި ދިވެހިރާއްޖޭގައި ގެންގުޅެން ވާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޚާއްޞަ ހުއްދައެއް ލިޔުމަކުން ލިބިގެން، އަދި އެ މިނިސްޓްރީން ކަ ނޑައަޅާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެ ޤާނޫނު ބުނާގޮތުން ކުއްތާއެއް ޤާނޫނާ ޚިލާފަށް ދިވެހިރާއްޖެއަށް ގެނެސް، އަތުގައި ބާއްވައި، ގެންގުޅެ، ދީ ނުވަތަ ވިއްކައި ހަދައިފި މީހެއްގެ އަދަބަކީ 6 މަހާއި 2 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުން ނުވަތަ 5،000/- ރުފިޔާއާއި 50،000/- ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ.