މާލޭ ގެސްޓް ހައުސްއެއްގައި ބިދޭސީއަކު ބަންދުކޮށްފައި ހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެއީ ނޭޕާލު މީހެކެވެ. އެމީހާ ބަންދުކޮށްގެން ގެންގުޅެނީ މާފަންނުގައި ހުންނަ ގެސްޓް ހައުސްއެއްގައެވެ.

Ad
rt

ފުލުހުން ބުނީ، މާލޭގެ މާފަންނު ގައި ހުންނަ ގެސްޓް ހައުސްއެއްގައި ނޭޕާލު މީހަކު ބަންދުކޮށްގެން ގެންގުޅޭ މައްސަލައެއް އެ އިދާރާ އަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލާގައި، އެ ގެސްޓް ހައުސްގައި ފުލުހުން ހަރަކާތްތެރިވެ، އެމީހާ ސަލާމަތްކޮށްފައިވާއިރު، އެމީހާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާ އަކީ ނޭޕާލަށް ނިސްބަތްވާ ފިރިހެނެކެވެ.

މި މައްސަލާގައި ފުލުހުން މިހާރު ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.