އއ. ގަންގެހި ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު އިއްޔެ މަރުވެއްޖެއެވެ.

ގަންގެހި ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވި އިރު، މިއަދު ކ. ފިހާޅޮހި ރިސޯޓުން ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު ވެސް ވަނީ މަރުވެފައެވެ. އެ ރިސޯޓުގައި މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ ރަޝިއާ ފަތުރުވެރިއެކެވެ.

Ad
rt

ފުލުހުން ބުނީ އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅެނިކޮށް ފަތުރުވެރިއަކު ހަބަރު ހުސްވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 10:30 ހާއިރު ކަމަށެވެ. އެމީހާ އ. މަތިވެރި ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 34 އަހަރުގެ ޗައިނާ ފަތުރުވެރިއެކެވެ.

މި މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވި އިރު، އިއްޔެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ސަލާމަތް ކުރަން އުޅުނު ދިވެހި މުވައްޒަފަކު ވަނީ ގެނބިގެން މަރުވެފައެވެ. އެ ހާދިސާގައި ގެނބުނު ފަތުރުވެރިޔާ ސަލާމަތްވިއެވެ.