އދ. ދަނގެތީ ކައިރީ ފާނަ ބާނަން މޫދަށް ފައިބާ އޮތް މީހެއް ގައިގައި ލޯންޗަކުން ޖެހި، އެމީހާ ނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ދަނގެތީ ކައިރީ ފާނަ މަސްވެރިކަމު އުޅުނު މީހެއްގެ ގައިގާ ލޯންޗަކުން ޖެހިގެން އެކަމުގެ ރިޕޯޓު މިއަދު އެ މުއައްސަސާ އަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 7:55 ހާއިރު އެވެ.
ލޯންޗުން ޖެހުނު މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގަައި ނިޔާވެފައި ވަނީ ބިދޭސީ ފިރިހެނެކެވެ.
ފުލުހުން ވަނީ މި ހާދިސާގައި ލޯންޗް ދުއްވި ޑްރައިވަރު ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!