އޮޔާ ދަނިކޮށް މިއަދު ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން އޮޔާ ދަނިކޮށް، ފެނުނު މީހަކު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
އެ އިދާރާއަށް މި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:35 ހާއިރުއެވެ.
ފުލުހުން ބުނިގޮތުގައި އެއީ އަންހެނެކެވެ.
އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޮޔާ ދަނިކޮށް މިއަދު ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިރު، ވޭތުވި ދެ ދުވަހުގެ ތެރޭގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވި ދެ ހާދިސާއެއް ވަނީ ހިނގާފައެވެ. އަދި ބުރާސްފަތި ދުވަހު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ސަލާމަތް ކުރަން އުޅުނު ދިވެއްސަކު ވެސް ވަނީ މި ދުނިޔެއާއި ވަކިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!