ހުޅުމާލޭގައި ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ރީތިގަސްމަގުގައި ހުންނަ ކަރެކްޝަނަލް ސާވިސް ކައިރީގައެވެ.

Ad
rt

މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 16:40 ހާއިރުއެވެ.

''މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުން، އެއީ 35 އަހަރުގެ ދިވެހި އަންހެނެއް'' ފުލުހުން ބުނެފަވެއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި މި އެކްސިޑެންޓްގައި ކާރަށާއި، ސައިކަލަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތެވެ. ނަމަވެސް ސައިކަލް ދުއްވި މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެކެވެ.

މި އެކްސިޑެންޓްގެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.