ކަނޑުމަތީ އޮޔާދިޔަ މީހަކު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން މީހަކު އޮޔާދާކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެ އިދާރާއަށް މި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:35 ހާއިރުއެވެ.
މިހާރު އެމީހާ ކަނޑުމަތިން ނަގައިގެން ގެންގޮސް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
މިކަމުގެ އިތުރުމައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!