މާލޭގައި ދެ ސައިލުޖެހި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މާލޭގައި ދެ ސައިލުޖެހި އެކްސިޑެންޓެއް ހިނގައިގެން މިއަދު 10:39 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Ad
rt

މި އެކްސިޑެންޓް ހިނގާފައި ވަނީ ބުރުޒުމަގު، ޓީވީ މޯލްޑިވްސް ކުރިމަތިންނެވެ.

މި އެކްސިޑެންޓްގައި ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް ވެސް އަނިޔާވެފައިވާއިރު، އެތަނުން އެކަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި އަނިޔާވެގެން ފަރުވާދެމުން އަންނަނީ ދިވެހި ފިރިހެނަކަށެވެ.

މި އެކްސިޑެންޓްގެ މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.