އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އެ ކުއްޖާ ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.

ޢާއިލާ އަށް ޚަބަރު ނުވެގެން ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ވަނީ ތ. މަޑިފުށި، ނައިޓްރޯޒް، އައިޝަތު ޒޯޔާ ފިކުރީ އެވެ.

Ad
rt

އެހެންވެ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އޭނާ މިހާރު ދިރިއުޅެމުން އަންނަނީ ވިލިމާލޭ، ނާލިސް ނަމަކަށް ކިޔާ ގެއެއްގައެވެ.

އެންމެފަހުން ޒޯޔާ ފެނިފައިވަނީ މީގެ ހަތަރު ދުވަސްކުރިން މި މަހުގެ 21ވަަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުންވަނީ އެ ކުއްޖާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ވިލިމާލެ ޕޮލިސްގެ ނަންބަރު 9790083 ނުވަތަ ޕޮލިސްޓް ހޮޓްލައިން 3322111 އަށް ގުޅުމަށް އެދިފައެވެ.